ޚަބަރު
ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރަން އެޗްޑީސީއަށް

ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރަން އެޗްޑީސީއާއި ހަވާލުކުރުން
ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
މީގެ އިތުރުން، ކުރިން ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް އެޗްޑީސީއާ ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އެގޮތުން، ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އަދި އެޗްޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރު ސޮއިކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، 2000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ޔުނިޓު ތަރައްޤީކުރެވޭނީ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ޚާއްސަ ސްކީމެއްގެ ދަށުންނެވެ. އަދި ބާކީ 1300 ޔުނިޓު ތަރައްޤީކުރެވޭނީ ޕަބްލިކް ހައުސިންގގެ ގޮތުގައެވެ.
"700 ޔުނިޓު މިދޫކުރަނީ މިގޮތަށް. އެއީ ކޮންމެ ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓެއް. އަޅުގަނޑު ޤަބޫލުކުރަނީ މިގޮތަށް 700 ޔުނިޓު ތަރައްޤީކުރަން ނިންމުމުން ވަރަށް ގިނަ ބަޔަކަށް ފާއިދާވާނެކަމަށް," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2023 ވަނަ އަހަރު ކުޅުދުއްފުށީގައި ހައުސިންގ ސްކީމަށް 1200 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ކުރިމަތިލާފައެވެ. އަދި މިހާރު ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގައި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ މެދުވެރިކޮށެވެ.
މި އައު މަޝްރޫޢާއެކު ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.