ޚަބަރު
ތުލުސްދޫ ކައިރިޔަށް ދޯންޏެއް ބަންޑުންޖަހާލައި ދިވެއްސަކު ނިޔާވެއްޖެ

އެމްއެންޑީއެފްގެ އުޅަނދެއް، ފައިލް ފޮޓޯ: އެމްއެންޑީއެފް

ފަރުދުން
27 އޯގަސްޓު 2025، 06:56
27 އޯގަސްޓު 2025، 06:56
މާލެ އަތޮޅު ތުލުސްދޫ ކައިރިޔަށް ދޯންޏެއް ބަންޑުންޖަހާލި ހާދިސާއެއްގައި އޭގެން ދަތުރުކުރި ދިވެއްސަކު ނިޔާވެއްޖެއެވެ.
ރޭ ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ފިރިހެނެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަދި އެ މީހާ ތުލުސްދޫގައި ހުންނަ ކ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް، ހޮސްޕިޓަލާ ޙަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފްއަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައިކަމަށް ސިފައިން ވަނީ ހާމަކޮށްފައެވެ.
ބަނޑުންޖަހާލި އިރު ދޯނިން ދަތުރުކުރަމުން ދިޔައީ 6 މީހުންނެވެ. އަދި މީގެ ތެރެއިން 5 މީހުން ވަނީ ސަލާމަތްކުރެވިފައެވެ.