ޚަބަރު
ގއ. ފުޅަނގީގެ ފަސް މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ޤާއިމްކޮށްފި

ގއ. ފުޅަނގީގެ ބޭރުން ވަދު ކަނދުފަތި ހަދާފައިވާ ސަރަޙައްދު---

ފަރުދުން
27 އޯގަސްޓު 2025، 09:07
27 އޯގަސްޓު 2025، 09:07
ގއ. އަތޮޅު ފުޅަނގީގެ ފަސް މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ޤާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ކަނދުފަތި ޤާއިމްކުރީ ފުޅަނގީގެ ހުޅަނދު އުތުރު ސަރަޙައްދުގައެވެ. އަދި މި ވަދު ކަނދުފަތީގެ ނަންބަރަކީ O09V02 އެވެ.
ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަން:
00°43.000'N
73°08.000'E
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމެވެ.

ގއ. އަތޮޅު ފުޅަނގީގެ ފަސް މޭލު ބޭރުގައި ވަދު ކަނދުފަތި ހަދާފައިވާ ސަރަޙައްދު
އެގޮތުން، މިއީ އެ ސަރަޙައްދުގެ މަސްވެރިންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، މުހިންމުކަމަކަށް ވެގެން ދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމަށް އިތުރު ފަރާތްތައް ޝައުޤުވެރިވާނެކަމަށް އުއްމީދުކުރެވޭކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.