Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ދުވާރުގެ ބޮޑުބައެއް ނިންމާލައިފި

ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ދުވާރުގެ ބޮޑުބައެއް ނިންމާލައިފި

ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ދުވާރުގެ މަސައްކަތް އެޗްޑީސީއިން ކުރިޔަށް ގެންދިއުން، ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

27 އޯގަސްޓު 2025، 09:49

27 އޯގަސްޓު 2025، 09:49

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ސަރަޙައްދުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލާފައިވާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މިއީ، 4000 ފްލެޓުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަޙައްދުގައި އަސާސީ ވަސީލަތްތައް ޤާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. 

އެގޮތުން، ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ޒޯން 1 އަދި ޒޯން 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، ޒޯން 1 ގެ %75 މަސައްކަތް މިހާރު ނިމިފައިވާކަމަށް އެޗްޑީސީއިން ވަނީ ހާމަކޮށްފައެވެ. އަދި ޒޯން 2 ގެ %58 މަސައްކަތް މިހާތަނަށް ނިމިފައިވާއިރު، ޒޯން 1 އަދި 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިއަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޒޯން 3 ގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށް އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީއިން ވަނީ މިހާރު ފަށާފައެވެ.

ދުވާރު ހެދުމުގެ މަސައްކަތުގެ އިތުރުން، ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަޙައްދުގައި ޖުމްލަ 5 ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަޙައްދުގެ ނިރޮޅުމަގުގެ ބަސް ސްޓޮޕްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި އެ ސަރަޙައްދުގެ ދެވަނަ ބަސް ސްޓޮޕް ހިތިގަސް މަގުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

4000 ފްލެޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއް ކަމުގައިވާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމްކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން