Ads by Stelco

ޚަބަރު

މަކަރާއި ހީލަތުން 30 ހާހަށް ވުރެ ގިނަ ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން 30 ހާހަށް ވުރެ ގިނަ ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޯގަސްޓު 2025، 11:11

27 އޯގަސްޓު 2025، 11:11

މުދާ ސަޕްލައި ކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30 ހާހަށް ވުރެ ގިނަ ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މިހިނގާ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހިތަދޫއިން ކަމަށެވެ. އަދި ފުލުހުންގެ މި އޮޕަރޭޝަނަކީ، އެކި ދުވަސް މަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ދިވެހި  ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި މައްސަލަތަކުގެ ތަހުޤީގުގައި މިހާތަނަށް ބެލި ބެލުމުން، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ޝިޔާމް މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާކަން ތަހުޤީގަށް އެނގިފައިވާ ކަމަށެވެ. އަދި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ އޭނާގެ 12 މައްސަލައެއް މިހާރު ވެސް ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި 12 މައްސަލައިގައި މަކަރާއި ހީލަތުން ޝިހާން ޝިޔާމް ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަކައުންޓުގައި ދައުރުކޮށްފައިވާކަން ފުލުހުންގެ ތަހުޤީގަށް ހާމަވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި 12 މައްސަލައިގެ ޖުމްލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ތަހުޤީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން