Ads by Stelco

ޚަބަރު

ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި، ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި، ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޯގަސްޓު 2025، 01:06

27 އޯގަސްޓު 2025، 01:06

ހދ. ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ކުމުންދޫ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތު ސަރުކާރުގެ ހިއްސާވާ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫޢު ހަވާލުކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހދ. ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. އެރަށުގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވާދެއްވާފައިވަނީީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑ.ީސ.ީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.

މީގެ އިތުރުން، ކުމުންދޫ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކުރައްވާފައެވެ. ކުމުންދޫ ސްކޫލް މަލްޓީ ޕަރޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާއެވެ. 

ރައީސް، ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުމުންދޫއަށް ވަޑައިގެން، އެރަށުގައި ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވާފައިވެއެވެ. ހަމަ އެއާއެކު، ކުމުންދޫގައި ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށްޓެވި ރަސްމިއްޔާތުގެ ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން