Ads by Stelco

ޚަބަރު

ހުޅުމާލޭގައި ދިރިއުޅެމުންދާ ފިރިހެނަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭގައި ދިރިއުޅެމުންދާ ފިރިހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ މަސީޙް ޢަބްދުލް ޙަކީމް/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޯގަސްޓު 2025، 02:41

27 އޯގަސްޓު 2025، 02:41

ހުޅުމާލޭގައި ދިރިއުޅެމުންދާ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ، މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން، ފަސީހްއާބާދު / ޏ.ފުވައްމުލައް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މަސީޙް ޢަބްދުލް ޙަކީމް ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިހިނގާ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ މިހާރު ދިރިއުޅެމުންދަނީ ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޓަވަރުގައި ކަމަށާއި، އޭނާގެ ޚަބަރެއް ޢާއިލާއަށް އެންމެފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށް ޢާއިލާއިން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސީޙް ޢަބްދުލް ޙަކީމްއާ ބެހޭ އެއްވެސް މަޢުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން