ދުނިޔެ

މަސްތުގެ ހާލަތުގައި ފާޚާނާގައި އޮތް ކެބިން ކްރޫއެެއް ހައްޔަރުކޮށްފި!

މަސްތުގެ ހާލަތުގައި ފާޚާނާގައި އޮތް ކެބިން ކްރޫއެެއް ހައްޔަރުކޮށްފި!

ބްރިޓިޝް އެއަރވޭޒްގެ ކެބިން ކްރޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޯގަސްޓު 2025، 03:10

27 އޯގަސްޓު 2025، 03:10

ބްރިޓިޝް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ 41 އަހަރުގެ ހޭޑަން ޕެންޓެކޮސްޓް، ކެލިފޯނިއާއިން ލަންޑަނަށް ދަތުރުކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން، މަސްތުގެ ހާލަތުގައި ބަރަހަނާ ހާލުގައި ފްލައިޓްގެ ފާޚާނާއަކުން ފެނިފައިވާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލައަކުން ވަނީ އެނގިފައެވެ.

 މި ހާދިސާ ހިނގާފައިވަނީ ފްލައިޓް މަތިން ކަމަށްވާއިރު، އެކަމުގެ ސަބަބުން އޭނާގެ އެކުވެރި މުވައްޒަފުންނާއި ދަތުރުވެރިން ވަރަށް ބޮޑަށް ބިރުގަނެފައިވާ ކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަތުރުގެ މެދުތެރެއިން ޕެންޓެކޮސްޓް ހަށިގަނޑުން ވަރުދޫވާ ހާލަތަށް ވެއްޓި، އަދި ހުއްޓުމެއްނެތި ބޭކާރު ވާހަކަތައް ދައްކަން ފެށިއެވެ. އޭގެ ފަހުން ހެދި ލޭގެ ޓެސްޓުތަކުން ވަނީ އޭނާ މެތަމްފެޓަމިން އާއި އެމްފެޓަމިން ބޭނުންކޮށްފައިވާކަން ކަށަވަރުވެފައެވެ.

ޔުކްސްބްރިޖް މެޖިސްޓްރޭޓްސް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕެންޓެކޮސްޓް ވަނީ ފްލައިޓް ފުރިގޮތާ ހަމައަށްވެސް ރައްކާތެރިކަމުގެ ޗެކްތައް ފުރިހަމަކުރުމުގައި ފެއިލްވެފައެވެ. އެކަމާ ގުޅިގެން އޭނާގެ މެނޭޖަރު ވަނީ އޭނާ ވަޒީފާއިން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. 

އޭނާ ވަނީ ހަމަނުޖެހޭ ވާހަކަތަކެއް ދެއްކުމަށްފަހު ފާޚާނާއެއްގެ ތެރެއަށް ވަދެ ދޮރު ތަޅުލާފައެވެ. ފަހުން އޭނާގެ އެކުވެރި މުވައްޒަފަކު ދޮރު ހުޅުވާލިއިރު، ޕެންޓެކޮސްޓް ހުރީ ބަރަހަނާ ހާލުގައި ކަމަށާއި، އޭނާ ހުރި ހާލަތާމެދު އޭނާއަށް އެއްވެސް އިހުސާސެއް ކުރެވިފައި ނުވާ ކަމަށްވެސް ވަނީ އެނގިފައެވެ. އޭނާގެ ލޯ ވަނީ ބޮޑުވެފައި ކަމަށާއި، ހިތުގެ ވިންދު އަވަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ލަންޑަން ހީތުރޯގައި ފްލައިޓް ޖައްސަންދެން ކޮންމެ 20 މިނިޓަކުން އޭނާގެ ހާލަތު ބަލަމުން ގޮސްފައިވެއެވެ. ފްލައިޓް ޖެއްސުމާއެކު، ޕެރަމެޑިކްސްގެ ޓީމަކުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

މި ހާދިސާއަށްފަހު ޕެންޓެކޮސްޓް ވަނީ އޭނާގެ ވަޒީފާއިން ވަކިކޮށްފައެވެ. ބޭސިންގްސްޓޯކްގެ ރަށްވެއްސެއް ކަމަށްވާ ޕެންޓެކޮސްޓަށް ވަނީ މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި، އޭނާގެ މައްޗަށް ހުކުމް ކުރުން އައިލްސްވޯތް ކްރައުން ކޯޓުގައި ފަހުން ކުރިއަށްދާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން