ޚަބަރު
ބަނގުރާ ފުޅިތަކެއް ގެންގުޅުން މައްސަލައަކާ ގުޅިގެން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ބަނގުރާ ފުޅިތަކެއް ގެންގުޅުން މައްސަލައަކާ ގުޅިގެން ހުޅުމާލެ ފޭސް 1 އިން އުމުރުން ދުވަސްވީ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، ޢަލީމަނިކު (57އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި ޕިކަޕު ބަލައިފާސްކުރިއިރު، 14 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.