Ads by Stelco

ޚަބަރު

ރުއް އިންދާ އާލާކުރުމަށް ކައުންސިލްތަކުގެ ޝައުޤުވެރިކަން ބޮޑު: ދަނޑުވެރިކަމާބެހޭ ވުޒާރާ

ރުއް އިންދާ އާލާކުރުމަށް ކައުންސިލްތަކުގެ ޝައުޤުވެރިކަން ބޮޑު: ދަނޑުވެރިކަމާބެހޭ ވުޒާރާ

ގދ.ފިޔޯރީގައި ރުއް އިންދުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2025، 08:47

27 އޯގަސްޓު 2025، 08:47

ރުއް އިންދާ އާލާކުރުމަށް ކައުންސިލްތަކުގެ ޝައުޤުވެރިކަން ބޮޑުކަމަށާއި، މިހާތަނަށް 4 ރަށެއްގައި 60 ރުއް އިންދާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ރުއްތައް އިންދާފައިވަނީ ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުންނެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 600,000 އާ ގާތްކުރާ ޢަދަދަކަށް ވަނީ ގަސް އިންދާފައެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި 60 ރުއް އިންދުމަސް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދުމަށް އިލްތިމާސް ކުރައްވާފައެވެ.

"މިއަދު އަޅުގަނޑު ވަރަށް އުފާވެއްޖެ. ގދ. މަޑެވެލި، ލ. ފޮނަދޫ، އަދި ކ. ކާށިދޫ ނަމޫނާއަކަށް ބަލައިގެން އެހެން ރަށްތަކުންވެސް ރުއް އިންދާ އާލާ ކުރުމަށް އަޅުގަނޑު އެދެން. ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދާ އާލާކުރުން އިތުރުކުރުމަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުވުމާއެކު، ފެހިކަން އިތުރުކޮށްދޭނެ ކަމެއް،" އެ ރަސްމިއްޔާތުގައި ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރުކަކީ ޒަމާނުއްސުރެ ދިވެހިންގެ ގެދޮރާއި، ކެއިންބުއިމާއި، އުޅުމާ ގުޅިފައިވާ އެއްޗެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ރުކަކީ ރާއްޖޭގެ ސަގާފަތާއި އިޤްތިޞާދުގައި އަގުނުކުރެވޭ ދައުރެއް އަދާކުރާ އެއްޗެއްކަންވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ، ކާށްޓާއި ކުރުނބާ ލިބުން ދަތިވަމުން އައުމާ ގުޅިގެންނެވެ. މިހާރު ދަނީ ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް ކުރިއަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން