ދުނިޔެ

އިސްރާއިލްގެ ހަމަލާއެއްގައި ފަލަސްޠީނުގެ އެތުލީޓް އަލާމް އަލް-އަމޫރު ޝަހީދުކޮށްލައިފި

އިސްރާއިލްގެ ހަމަލާއެއްގައި ފަލަސްޠީނުގެ އެތުލީޓް އަލާމް އަލް-އަމޫރު ޝަހީދުކޮށްލައިފި

ޝަހީދު އަލާމް އަލް-އަމޫރަކީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2025، 08:51

27 އޯގަސްޓު 2025، 08:51

އިސްރާއިލްގެ ހަމަލާއެއްގައި ބައިނަލްއަޤްވާމީ އެތުލެޓިކްސް މުބާރާތްތަކުގައި ފަލަސްޠީން ތަމްސީލް ކޮށްފައިވާ އެތުލީޓު، އަލާމް އަލް-އަމޫރު ޝަހީދުކޮށްލައިފިއެވެ. 

ޚަބަރު ލިބިފައިވާ ގޮތުގައި އަލާމް ޝަހީދުކޮށްލައިފައިވަނީ ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް އިސްރާއިލް ސިފައިންގެ ބަޑީގެ ހަމަލާއެއްގައެވެ. 

މި ހިތާމަވެރި ޚަބަރު ފަލަސްތީން އެތްލެޓިކްސް ފެޑެރޭޝަނުން ވަނީ ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ.

ޝަހީދު އަލާމް އަލް-އަމޫރަކީ ވެސްޓް އޭޝިއާ ޗެމްޕިއަންޝިޕްގެ 5000 މީޓަރު ޒުވާނުންގެ ރޭހުން ބްރޮންޒް މެޑަލް ހާސިލުކޮށްފައިވާ އެތުލީޓެކެވެ. 

ފަލަސްތީން އެތްލެޓިކްސް ފެޑެރޭޝަނުން ފޭސްބުކުގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އަލާމްގެ އެންމެ ފަހު ރޭހަކަށްވީ ރޭސް ޓްރެކުގައި ދުވި ރޭހެއް ނޫނެވެ. އެއީ އާޚިރަތަށް ދިޔުމުގެ ހިތާމަވެރި ރޭހެކެވެ. އޭނާގެ ފަހަތުގައި ދޫކޮށްފައި ދިޔައީ ހިތްގައިމު ހަނދާންތަކަކާއި، އޭނާގެ ކާމިޔާބީތަކާއި ފޯރިގަދަކަމުގެ ވާހަކަތަކެވެ."

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއިލުން ވަނީ ޣައްޒާގައި ނުރައްކާތެރި ހަނގުރާމައެއް ފަށާފައެވެ. މިހާތަނަށް މި ހަނގުރާމައިގައި 62,819 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 158,629 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 9,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

ފަލަސްތީނުގެ ކުޅިވަރުގެ ދާއިރާއަށް މި ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް އަލް-ރަޖޫބް ހާމަކުރި ގޮތުގައި މިހާތަނަށް 774 ކުޅުންތެރިން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 355 ފުޓްބޯޅަ ކުޅުންތެރިންނާއި، 277 އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ މެންބަރުން، އަދި 142 ސްކައުޓް މެންބަރުން ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން