Ads by Stelco

ޚަބަރު

ވޯޓަރ ތީމް ޕާކުގައި މަރުވެފައި އޮތް މީހާގެ އައިޑެންޓިޓީ ކަށަވަރުވެއްޖެ

ވޯޓަރ ތީމް ޕާކުގައި މަރުވެފައި އޮތް މީހާގެ އައިޑެންޓިޓީ ކަށަވަރުވެއްޖެ

ހުޅުމާލޭ ވޯޓަރ ތީމް ޕާކް ސަރަޙައްދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޯގަސްޓު 2025، 06:20

28 އޯގަސްޓު 2025، 06:20

ހުޅުމާލޭ ވޯޓާރ ތީމް ޕާކް ހަދަން ދޫކޮށްފައިވާ ސަރަޙައްދުން މަރުވެފައި އޮތްވާ މިދިޔަ ހޯމަ ދުވަހުގެރޭ ފެނުނު މީހާގެ އައިޑެންޓިޓީ ކަށަވަރުވެއްޖެއެވެ.

ފޮރެންސިކް ތަޙުލީލިތަކަށްފަހު ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެއީ ނޭޕާލްއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ރުޕަން ތަޕަ މަގަރު ނަމަކަށް ކިޔާ މީހެކެވެ.

އަދި އޭނާއަކީ، މަރުވެފައި އޮއްވާ ފެނުމުގެ ހަތަރު ދުވަސްކުރިން، މި މަހުގެ 21ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މީހެއްކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މީގެއިތުރުން ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން، މިއީ މީހަކު ނުވަތަ ބަޔަކު ނުވަތަ އޭނާ އަމިއްލައަށް ކުރިކަމެއްކަން އެނގޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.

ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ކުނިވެފައެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން