Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: އަވަސް އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޯގަސްޓު 2025، 11:45

28 އޯގަސްޓު 2025، 11:45

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ޢުމުރުން 23 އަހަރުގެ ޒުވާނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންގައި މާލޭގައި ހުންނަ އެޕާޓްމެންޓަކާއި ދެ ސައިކަލެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1،227.9 ގްރާމެވެ. މީގެ އިތުރުން، މި އޮޕަރޭޝަންގެ ތެރެއިން 101،550 ރުފިޔާ ވެސް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި އޮޕަރޭޝަންގައި ބަލައިފާސްކުރި ދެ ސައިކަލު ޓޯވ ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން