Ads by Stelco

ޚަބަރު

އަބްދުއްރަޙްމާން މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

އަބްދުއްރަޙްމާން މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

އަޙުމަދު އާޝިދު (27އ)--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޯގަސްޓު 2025، 12:55

28 އޯގަސްޓު 2025، 12:55

މިދިޔަ މަހުގެ 13 ވަނަ ދުވަހު އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 65 އަހަރުގެ އަބްދުއްރަޙްމާން އާދަމް މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ، މާޅޮހަށް ނިސްބަތްވާ 3 މީހުންނެވެ. އެގޮތުން، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، އެ ރަށު ލިލީފެހި/މުޙައްމަދު ވިޝާމް (22އ) އާއި، ފިނިވާގެ/އަޙުމަދު ފާރިސް (27އ) އާއި، ފިޔަ/އަޙުމަދު އާޝިދު (27އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ވިޝާމް އާއި ފާރިސް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއިރު، އާޝިދު ބަންދުކުރުމަށް އަމުރުކުރީ 5 ދުވަހަށެވެ. 

ނަމަވެސް، އަޙުމަދު އާޝިދުގެ ބަންދަށް ޖެހި މުއްދަތު ހަމަވުމާއި ގުޅިގެން، އިއްޔެ އަނެއްކާ އޭނާ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖެހުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަޙްމާން މަރާލާފައި އޮއްވައި ފެނުނީ ޖުލައި 13ވަނަ ދުވަހުގެ ރޭގެ ދަންވަރު އޭނާ ދިރިއުޅެމުން ދިޔަ އއ. މާޅޮސް، މާހިޔާ ގޭގެ ތެރެއިންނެވެ. އޭރު އެގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަޙްމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އެކަންޏެވެ. އޭނާގެ މަރުގެ ތަޙުޤީޤަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސްފައިވަނީ ޖުލައި 21ވަނަ ދުވަހުއެވެ. އަދި އޮޓޮޕްސީއަށް ފަހު ފުލުހުން ހާމަކުރީ، އޭނާ މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ކަމަށެވެ. 

މި މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން