Ads by Stelco

ޚަބަރު

މީޑިއާތަކާ ގުޅޭ ބިލަށް، މީޑިއާތަކާއި ކަމާގުޅުން ހުރި ހުރިހާ އިދާރާތަކާ އެކު މަޝްވަރާކުރަނީ

މީޑިއާތަކާ ގުޅޭ ބިލަށް، މީޑިއާތަކާއި ކަމާގުޅުން ހުރި ހުރިހާ އިދާރާތަކާ އެކު މަޝްވަރާކުރަނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޯގަސްޓު 2025، 02:04

28 އޯގަސްޓު 2025، 02:04

މީޑިއާތަކާ ގުޅޭ ބިލް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލާ ގުޅޭގޮތުން މީޑިއާތަކާއި ކަމާގުޅުން ހުރި ހުރިހާ އިދާރާތަކާ އެކު މަޝްވަރާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ، މި ބިލު އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް ނިންމުމަށް ފާސްކޮށްފައެވެ. ހަމަ އެހެންމެ، އެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލުމަށްވެސް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކާ އެކު މި ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމާފައެވެ. އަދި މިއީ ޙައްޤުތަކާ ގުޅުންހުރި ބިލަކަށްވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާ ވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މައްސަލައަކީ ޒުވާނުންނާ ގުޅުންހުރި މައްސަލައަކަށްވާތީ، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއާވެސް މި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މަޖިލީހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން