ދުނިޔެ
އިސްރާއީލުން ޤަލްޤީލިއާ އިރުމަތީގައިވާ ބިންތައް އަތުލައިގަންނަނީ

އިސްރާއިލް ސިފައިން
އިސްރާއީލްގެ ބާރުތަކުން ހުޅަނގުއައްސޭރީގއ ޤަލްޤީލިއާ ސިޓީގެ އިރުމަތީގައިވާ ޖިންސަފުޓް ރަށުން ބިންތައް އަތުލުމަށް ދެ އަސްކަރީ އަމުރެއް ނެރެފިއެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ ވަފާ ނިއުސް އޭޖެންސީންނެވެ.
ސަރަހައްދުގެ އިސް ވެރިންގެ ހަވާލާ ދެމުން އެ އޭޖެންސީން ބުނެފައިވާ ގޮތުގައި، މި ދެ އަމުރުގެ ދަށުން 3.9 އޭކަރު ގެ ބިން އަތުލެވޭނެއެވެ. މި ބިންތައް އަތުލެވެނީ ޔަކިރް އަދި ކަރްނެއި ޝޮމްރޯން އަދި އެމެނުއެލް އާއި ކަރްނެއި ޝޮމްރޯން ކޮލޮނީތައް ގުޅުވާލުމަށް އައު މަގުތަކެއް އެޅުމަށެވެ.
މި ކޮލޮނީތައް ހަދާފައިވަނީ ފަލަސްތީނުގެ ޖިންސަފުޓް، އަމަތިން، ކަފުރު ލަޤީފް، ފަރްއަތާ އަދި ދެއިރު އިސްތިޔާ ރަށްތަކުގެ ބިންތަކުގައެވެ.
ކަމާބެހޭ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ނިންމުމުގެ ސަބަބުން 150 އެއްހާ ދަނޑުވެރިންނަށް އެމީހުންގެ ދަނޑުބިންތަކަށް ވަދެވޭނެ މަގު ބަންދުވެގެންދާނެއެވެ. އިސްރާއީލް އޮތޯރިޓީތަކުން ހުއްދަ ލިބުނު ކަމުގައިވީ ނަމަވެސް، އެ ބިންތައް ހުރީ ވަނުން މަނާ ކޮލޮނީ މަގުތަކާ ޖެހިގެން ކަމަށް ބުނެ އެ ސަރަހައްދަށް ވަނުން ވެސް މަނާވެގެންދާނެއެވެ.
މި ފިޔަވަޅުތަކަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިތުރަށް އަތުލުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅުތަކެއް ކަމަށް ފަލަސްތީނު އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.
އިސްރާއިލް ސަރުކާރުން މިހާރުވަނީ ޣައްޒާ އެއްކޮށް ހިފުމަށްވެސް އަމުރެއް ނެރެފައެވެ. އެއަމުރާ އެއްގޮތައް އިސްރާއިލުން ޣައްޒާ ހިފައިފިނަމަ 2.3 މިލިއަނެއްހާ ޣައްޒާގެ ރައްޔިތުންނަށް ޣައްޒާގެ ބިމުން ދެން ލިބޭނީ 10 ޕަސެންޓެވެ. މިހާރުވެސް ޣައްޒާގެ އަހުލުން އުޅެމުންދަނީ ޣައްޒާގެ 20 ޕަސެންޓު ބިމުގައެވެ.