Ads by Stelco

ޚަބަރު

މިދިޔަ އަހަރު ސިވިލް ސަރވިސް ކޮމިޝަނުން %99 ޝަކުވާތަކަށް ޖަވާބުދާރީވެފައިވޭ

މިދިޔަ އަހަރު ސިވިލް ސަރވިސް ކޮމިޝަނުން %99 ޝަކުވާތަކަށް ޖަވާބުދާރީވެފައިވޭ

ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2025، 07:37

28 އޯގަސްޓު 2025، 07:37

 މިދިޔަ އަހަރު ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކުގެ ތެރެއިން، %99 ޝަކުވާތަކަށް ޖަވާބުދާރީވެފައިވާކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 އެގޮތުން އެ ކޮމިޝަނަށް 8681 ޝަކުވާ ހުށަހެޅުނު ކަމަށާއި، އޭގެ ތެރެއިން 8631 ޝަކުވާއަށް ޖަވާބުދާރީވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

އެކަން އެ ކޮމިޝަނުން ހާމަކުރީ މިއަދު އިފްތިތާޙުކުރި "ކޮމްޕްލެއިންޓްސް މޮޑިއުލް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމްޕްލެއިންޓްސް މޮޑިއުލް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުޤީއެވެ. މި މޮޑިއުލްއަކީ ސިވިލް ސަރވިސް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލެހެއްޓުމަށް ޤާއިމުކުރެވުނު ނިޒާމެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައުޤީ ވިދާޅުވީ، އެ ދާއިރާގައި މަސައްކަތްކުރާ އެންމެންނަކީ ވެސް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ. އަދި ޝަކުވާތަކަށް ޖަވާބުދާރީވުމަކީ ޚިދުމަތްދޭ ފަރާތްތަކުގެ އިޚްލާސްތެރިކަމާއި ހާމަކަން ދައްކުވައިދޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ފާއިތުވި އަހަރުތަކުގައި އެވްރެޖްކޮށް އަހަރަކު 7118 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވެއެވެ. އަދި މި ތަޢާރަފުކުރެވުނު މޮޑިއުލްގެ ސަބަބުން ޝަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މޮޑިއުލްގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ޝަކުވާތަކަށް އަވަހަށް އިޖާބަދިނުމާއި، ޝަކުވާ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދެވޭގޮތް މޮނިޓަރކުރުމާއި، އަދި ޝަކުވާއަކާ ގުޅިގެން ދެވޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ހާލަތުގައި އެޕީލްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، ޝަކުވާއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގަވާއިދުން ބެލެހެއްޓުމުގެ މަސައްކަތްވެސް މި މޮޑިއުލްގެ ތެރެއިން ކުރެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން