ދުނިޔެ

އިސްރާއިލް ސިފައިން ހިބްރޫންގެ 6 ސްކޫލަކަށް ވަދެ ޓީޗަރުން ތަކެއް ހައްޔަރުކޮށްފި

އިސްރާއިލް ސިފައިން ހިބްރޫންގެ 6 ސްކޫލަކަށް ވަދެ ޓީޗަރުން ތަކެއް ހައްޔަރުކޮށްފި

އިސްރާއިލް ސިފައިން ހިބްރޫންގެ ސްކޫލްތަކަށް ވަނުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2025، 10:26

28 އޯގަސްޓު 2025، 10:26

އިސްރާއިލްގެ ޢަސްކަރީ ބާރުތަކުން މިއަދު ފަލަސްޠީންގެ ހިބްރޫން ސިޓީގެ 6 ސްކޫލަކަށް ވަދެ، ގިނަ އަދަދެއްގެ ޓީޗަރުން ހައްޔަރުކޮށްފިއެވެ.

 މިކަން ފަލަސްތީނުގެ އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވެއެވެ. އަދި ހަމައެއާއެކު ހުޅަނގުއައްސޭރީގެ ދެކުނުގައިވާ ބައިތްލަހަމްގައި ނޫސްވެރިއަކު ހައްޔަރުކޮށްފައިވެއެވެ.

އިސްރާއިލް ސިފައިން ހެބްރޯން ސިޓީގެ ޝެއިކް ކުއާޓަރ އަދި ދެކުނު ސަރަހައްދުގައި ހުރި 6 ސްކޫލަށް ވަދެ، އެތަންތަން ބަލައި ފާސްކޮށް، ފޮޓޯތަކާއި ޓެކްސްޓް ފޮތްތައް އަތުލައިގަތެވެ. އަދި މި ރެއިޑްގެ ތެރޭގައި ޓީޗަރުން ހިފަހައްޓައިފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ޢަމަލުތައް ކުށްވެރިކޮށް، މިއީ ބައިނަލްއަޤްވާމީ އަދި އިންސާނީ ޤާނޫނުތަކުގެ ސީދާ ޚިލާފު ކަމެއްކަމަށް ބުނެފައިވެއެވެ. ޚާއްޞަކޮށް ތަޢުލީމު ރައްކާތެރިކުރުމުގެ މުޢާހަދާތަކާ ޚިލާފު ކަމެއް ކަމަށާއި، މިއީ ތަޢުލީމީ މުއައްސަސާތައް އަމާޒުކޮށް، ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އިޒްރޭލުން ގެންގުޅޭ ސިސްޓަމެޓިކް ސިޔާސަތުގެ ބައެއް ކަމަށް ބުނެފައިވެއެވެ.

ފަލަސްތީނު ޕްރިޒަނަރސް ސޮސައިޓީން ހާމަކުރި ގޮތުގައި ބައިތުލަހަމްގައި ނޫސްވެރި އަސީދު އަމާރްނާ ހައްޔަރުކުރުމާއެކު، މިހާރު ހައްޔަރުކޮށްފައި ތިބި ނޫސްވެރިންގެ އަދަދު 55 އަށް އަރައިފައިވެއެވެ. މީގެ ތެރެއިން 50 ނޫސްވެރިން ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 7، 2023 ގައި ޣައްޒާގެ މައްޗަށް ހަނގުރާމަ ފެށުމަށްފަހުގައެވެ.

ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ އެކުއެކީގައި، އިސްރާއިލް ސިފައިންނާއި ޔަހޫދީން ހުޅަނގުއައްސޭރީގެ އިރުމަތީ ޖެރޫސަލަމްގައި ހިންގާ ޢަމަލުތައް އިތުރުކޮށްފައިވެއެވެ. މިހާތަނަށް މަދުވެގެން 1,016 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް، 7,000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށް، އަދި 18,500 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ފަލަސްތީނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން