ކުޅިވަރު

މަތިވެރި ލީގުގެ ފަހު ބުރުގެ މެޗުތައް މިރޭ، ޔޫޓިއުބުން ލައިވްކުރާނެ

މަތިވެރި ލީގުގެ ފަހު ބުރުގެ މެޗުތައް މިރޭ، ޔޫޓިއުބުން ލައިވްކުރާނެ

މަތިވެރި ލީގުގެ ތިންވަނަ ބުރުގެ މެޗެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 އޯގަސްޓު 2025، 08:30

29 އޯގަސްޓު 2025، 08:30

އިރުބެ މަތިވެރި ފުޓްސަލް ލީގުގެ ލީގު ބުރުގެ ފަހު މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީފައިނަލްގެ ޖާގަތައް ކަށަވަރުވެގެންދާ މިރޭގެ ހުރިހާ މެޗެއް ވެސް ޔޫޓިއުބުން ލައިވްކުރާނެއެވެ.

މި ބުރުގައި ލީގުގެ އެއްވަނަ ކަނޑައެޅިގެންދާ މެޗު ކުޅުމަށް ތާވަލުކޮށްފައިވާއިރު، ސެމީފައިނަލްގެ ފަހު ޖާގަ ވެސް ކަނޑައެޅޭނީ މިރެއެވެ.

އެގޮތުން، ލީގުގެ އެއްވަނައަށް ވާދަކުރަމުންދާ ސްޓެލްކޯގެ ދެ ޓީމު ކަމުގައިވާ މަތިވެރި އާއި ބޮޑުފޮޅުދޫގެ ކުރިމަތިލުން ހިމެނޭއިރު، މަތިވެރި ޓީމަށް ނަތީޖާ ހަމަހަމަކޮށްލައިގެން ވެސް ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދެވޭނެއެވެ. ނަމަވެސް ބޮޑުފޮޅުދޫއަށް ލީގުގެ އެއްވަނައިގައި ނިންމާލައި އެންމެ މޮޅު ޓީމުގެ ގޮތުގައި ސެމީއަށް ދެވޭނީ މިރޭ މަތިވެރި ބަލިކޮށްގެންނެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30ގައެވެ.

މީގެއިތުރުން، މިރޭ އެކުއެޓިކް އާއި ބަބްލްޕޮއިންޓު ބައްދަލުކުރާ މެޗު ވެސް ފޯރި ގަދަވާނެއެވެ. މި ދެ ޓީމުން ސެމީގެ ޖާގައެއް ހޯދުމުގެ އުއްމީދުގައި މިރޭ ނިކުންނައިރު، އެޑުވާންޓޭޖު އޮތީ ބަބްލްޕޮއިންޓަށެވެ. އެއީ އެ ޓީމަށް 4 މެޗުން 4 ޕޮއިންޓު ލިބިފައި އޮތުމެވެ. އެކުއެޓިކްއަށް ލިބިފައި އޮތީ 3 ޕޮއިންޓެވެ. އެހެންކަމުން ސެމީގެ ޖާގައެއް ބޭނުންނަމަ، އެކުއެޓިކްއަށް ޖެހޭނީ ބަބްލްޕޮއިންޓު ބަލިކުރާށެވެ. އެ މެޗު ފަށާނީ މިރޭ 21:30ގައެވެ.

މަތިވެރި ލީގުގެ ފަހު ބުރުގެ މެޗުތައް މިރޭ، ޔޫޓިއުބުން ލައިވްކުރާނެ

މަތިވެރި ލީގުގެ ގޭމްވީކް-4ގެ ނަތީޖާ ތާވަލު

މިރޭ ދެން ކުޅޭނީ ފިއުޗަރ ޕްރޮމޯޝަން (އެފްޕީ) އާއި އެސްޔޫ ކޯނާރއެވެ. މި މެޗަށް ނިކުންނައިރު އެފްޕީއަށް ސެމީގެ ޖާގައެއް ކަށަވަރުވެފައިވާއިރު، އެސްޔޫއަށް ސެމީއަށް ދިއުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައެވެ. އެ ޓީމަށް އަދި މުބާރާތުގައި އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެވެ ނުވެއެވެ.

މުބާރާތުގެ ސެމީފައިނަލްގައި އެއްކޮޅުން ބައްދަލުކުރާނީ ލީގު ބުރުގެ 1ވަނަ ޓީމާއި 4ވަނަ ޓީމެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ލީގު ބުރުގެ 2ވަނަ ޓީމާއި 3ވަނަ ޓީމެވެ. މި މެޗުތައް ކުޅޭނީ ސެޕްޓެންބަރު 5ވަނަ ދުވަހާއި 12ވަނަ ދުވަހެވެ. އަދި އެއަށްފަހު ފައިނަލް ކުޅޭނީ ސެޕްޓެންބަރު 19ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން