ކުޅިވަރު

ވޯލްޑް ކަޕަށް ދާ ރާއްޖޭގެ ޒުވާން ސްކޮޑު އިއުލާންކޮށްފި

ވޯލްޑް ކަޕަށް ދާ ރާއްޖޭގެ ޒުވާން ސްކޮޑު އިއުލާންކޮށްފި

ގައުމީ ސްކޮޑުގައި ހިމެނޭ އައްމާރު ކިޑްސަލް 2026ގެ ފައިނަލް މެޗުގައި / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 އޮކްޓޯބަރު 2026، 08:02

18 އޮކްޓޯބަރު 2026، 08:02

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އިންތިޒާމުކޮށްގެން ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ގައުމީ ޓީމުގެ ސްކޮޑު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މި މަހުގެ 22 އިން 31 އަށް އަޒަރުބައިޖާންގައި ކުރިއަށްދާ މި މުބާރާތަށް ނެގި ސްކޮޑުގައި 14 ކުޅުންތެރިން ހިމެނެއެވެ. 

މުބާރާތަށް އެކުލަވާލި 14 ކުޅުންތެރިންގެ ސްކޮޑު:

ޔޫސުފް ޔުއާން އަހުމަދު
އިބްރާހިމް އިޔާސް ބިން ހަސަން
މިކާ މުހައްމަދު ކަލީމް
އިދާން ބިން އަބްދުﷲ
އައްމާރު ބިން ނަވާޒް
މުހައްމަދު ޔާނީ އަބްދުﷲ
ޔޫސުފް ލާއިޤު އިބްރާހިމް
ޒެކް ޒެވިއެލް އަހުމަދު
ޝައިމަން އަބްދުލް ރިޒާ
ހުސެިން ރީހާން ގާސިމް
އަބްދުﷲ ރައުޝަމް އިބްރާހިމް މުޖާހު
އަބްދުﷲ ޤާނިތު ބިން އިއްޒު
އިބްރާހިމް ހުނައިފް
ޝުއާއު މުހައްމަދު އަޔާޒް
ފެސްޓިވަލެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތަކީ ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގެ ތަޖުރިބާ ހުރިހާ މެމްބަރު ގައުމުތަކަކަށް ވެސް ހަމަހަމަކަމާއެކު ފޯރުކޮށްދީ، ކުދިންގެ ޝާމިލުވުން އިތުރުކުރުމެވެ. މި މުބާރާތުގައި ރާއްޖެ ވާދަކުރަން ޖެހެނީ ގްރޫޕް "އޭ" ގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ފްރާންސާއި، ސައުތު އެފްރިކާ، އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.

މުބާރާތް ބާއްވާ ގައުމެއްގެ ގޮތުގައި އަޒަރުބައިޖާން ހަމަޖައްސާފައިވަނީ، ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅަ ވަސީލަތްތައް ގާއިމުކޮށްފައިވާ އަދި މިފަދަ ބޮޑެތި މުބާރާތްތައް ބޭއްވުމުގެ ގާބިލުކަން އެ ގައުމުގައި ހުރުމުންނެވެ. އަޒަރުބައިޖާނަކީ އަންނަ އަހަރު ބާއްވާ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްވެސް ހޯސްޓްކުރާ ގައުމަށް ވުމުން، އެ ގައުމު މިހާރުވެސް އޮތީ ބައިނަލްއަގުވާމީ މުބާރާތަކަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މި މުބާރާތުގެ ކުޅުން ފެށިގެންދާނީ ކޮލިފިކޭޝަން ސްޓޭޖުންނެވެ. ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާ މި ސްޓޭޖުގައި ކޮންމެ ޓީމަކަށް 5 ނުވަތަ 6 މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ފަހުން ރަސްމީ މުބާރާތް ގާތްގަނޑަކަށް 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާއިރު، އެ ބުރުގައި ކޮންމެ ޓީމަކުންވެސް 5 މެޗު ކުޅެން ޖެހޭނެއެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން މިފަހަރު ވާދަކުރެވެނީ 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުޅުންތެރިންނަށެވެ. ކޮންމެ ޓީމެއްގައި 14 ކުޅުންތެރިން (ދެ ގޯލްކީޕަރުން ހިމެނޭހެން) އަދި 6 އޮފިޝަލުން ހިމެނުމަށް ވަނީ ކަނޑައަޅާފައެވެ. މުބާރާތުގައި ވާދަކުރުމަށްޓަކައި ޓީމު އަޒަރުބައިޖާނަށް ދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450