ކުޅިވަރު

ވަޒީރު ރާފިޢު، "ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ" ޝަރަފުވެރިކޮށްދެއްވައިފި

ވަޒީރު ރާފިޢު، "ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ" ޝަރަފުވެރިކޮށްދެއްވައިފި

"ގުޅި ކައުންސިލް ފުޓްސަލް ފިއެސްޓާ 2026" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޮކްޓޯބަރު 2026، 08:22

21 އޮކްޓޯބަރު 2026، 08:22

ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ކ. ގުޅީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، އެ ރަށުގައި މި  މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 20 އިން 28 ގެ ނިޔަލަށެވެ. 

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ޑިވިޝަން ހިމަނައިގެންނެވެ. އެގޮތުން، ފިރިހެން ޑިވިޝަންގައި 7 ޓީމު ވާދަކުރާއިރު، އަންހެން ޑިވިޝަންގައި 3 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ގުޅިއަކީ ކުޅިވަރު ކުޅުމަށް ޝައުޤުވެރިވާ ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށެވެ. އެހެންކަމުން ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުތައް ފަހިކޮށްދީ، ވަސީލަތްތައް ޤާއިމުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.



މި ރަސްމިއްޔާތުގައި ވަޒީރު ވަނީ، ގުޅީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ އެކި މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ހިއްސާކުރައްވާފައެވެ.

ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޒަމާނީ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ހުނަރުވެރި އެތުލީޓުން ބިނާކުރުމަށް ތަމްރީނުތަކާއި އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450