Ads by Stelco

ޚަބަރު

މުޙައްމަދު އުމަރު މަނިކުގެ ޖަނާޒާ ސިންގަޕޫރުގައި، ޣައިބަށް ކުރެވޭ ކަށުނަމާދު މާލޭގައި މިއަދު ޢަޞުރަށްފަހު

މުޙައްމަދު އުމަރު މަނިކުގެ ޖަނާޒާ ސިންގަޕޫރުގައި، ޣައިބަށް ކުރެވޭ ކަށުނަމާދު މާލޭގައި މިއަދު ޢަޞުރަށްފަހު

މުޙައްމަދު އުމަރު މަނިކު (އެމް.ޔޫ. މަނިކު)

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2025، 11:05

30 އޯގަސްޓު 2025، 11:05

ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު (އެމް.ޔޫ. މަނިކު) މިއަދު ސިންގަޕޫރުގައި އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، މިއަދު ޢަޞުރު ނަމާދު ފަހުގައި ސިންގަޕޫރުގަޔާއި، ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.ޔޫ. މަނިކު އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި، ސިންގަޕޫރުގައި ޞިއްޙީ ޙާލުކޮޅުދެރަވެގެން ފަރުވާދެމުންދަނިކޮށެވެ. ސިންގަޕޫރުގައި އެމަނިކުފާނުގެ ކަށުނަމާދު އޮންނާނީ މިއަދު ޢަޞުރު ނަމާދަށްފަހު މަސްޖިދުލް ޕްސާރާ އަމަންގައެވެ.

ރާއްޖޭގައި އެމަނިކުފާނަށްޓަކައި ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަޞުރު ނަމާދަށްފަހު މާލޭގައިވާ އިސްލާމީ މަރުކަޒުގައެވެ.

މުޙައްމަދު އުމަރު މަނިކުގެ ޖަނާޒާ ސިންގަޕޫރުގައި، ޣައިބަށް ކުރެވޭ ކަށުނަމާދު މާލޭގައި މިއަދު ޢަޞުރަށްފަހު

އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް

މުޙައްމަދު އުމަރު މަނިކަކީ ދިވެނި ޤައުމަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. އަދި މިރޮނގުން 2002 ވަނަ އަހަރު ޝަރަފުވެރި ކަމުގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ.

 މީގެއިތުރުން، މިނިވަން 25 ގެ ޢާންމު ޚިދްމަތުގެ އިނާމު ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، 2011 ވަނަ އަހަރު ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) ވަނީ އެމަނިކުފާނަށް އަރުވާފައެވެ. އެމް.ޔޫ. މަނިކުގެ ވަކިވެލެއްވުމަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން