ދުނިޔެ

ޓާކޯ ބެލް އޭ.އައި. ބޭނުންކުރުމާ މެދު ދެވަނަ ފިކުރަކަށް، 18،000 ފެންތަށީގެ އޯޑަރަކުން ސިސްޓަމް ގަޑުބަޑު!

ޓާކޯ ބެލް އޭ.އައި. ބޭނުންކުރުމާ މެދު ދެވަނަ ފިކުރަކަށް، 18،000 ފެންތަށީގެ އޯޑަރަކުން ސިސްޓަމް ގަޑުބަޑު!

ޓާކޯ ބެލް އޭ.އައި. ބޭނުންކުރުމާ މެދު ދެވަނަ ފިކުރަކަށް، 18،000 ފެންތަށީގެ އޯޑަރަކުން ސިސްޓަމް ގަޑުބަޑު!

farudhun logo

ފަރުދުން

30 އޯގަސްޓު 2025، 01:11

30 އޯގަސްޓު 2025، 01:11

ޓާކޯ ބެލް އިން ޑްރައިވްތްރޫތަކުގައި އޭ.އައި. ބޭނުންކުރުމާ މެދު ދެވަނަ ފިކުރަކަށް ހިނގައްޖެއެވެ. 2023 ވަނަ އަހަރުން ފެށިގެން، އެމެރިކާގައި ހުންނަ ޓާކޯ ބެލް ގެ 500 ބްރާންޗެއްގައި އޭ.އައި. ޓެކްނޮލޮޖީ ޤާއިމުކޮށްފައިވެއެވެ. އެއީ، ކުށަކާ ނުލައި އޯޑަރު ނެގުން ހަލުވިކުރުމުގެ މަޤުޞަދުގައެވެ. ނަމަވެސް މިހާރު އިޖުތިމާޢީ ވިޔުގަތަކުގައި ދައުރު ވަމުން ދާ ވީޑިޔޯތަކެއްގެ ސަބަބުން، އޭ.އައި. ޤާއިމުކުރި މަޤުޞަދުގެ މުޅިން އިދިކޮޅު ފެންނަމުން ދާ ކަމަށް ހީވާން ވަނީ ފަށާފައެވެ.

މީގެ ތެރެއިން އެއް ވީޑިޔޯ އިން ފެންނަ ގޮތުގައި، މީހަކު 18،000 ފެންތަށްޓަށް އޯޑަރު ޖެހުމުން، އޭ.އައި. ސިސްޓަމަށް ހުއްޓުން އަރާ ގޮތް ވިއެވެ:

އެހެން ވީޑިޔޯއަކުން ފެންނަ ގޮތުގައި، ބޯއެއްޗަކަށް އޯޑަރު ޖެހުމަށް ފަހުގައި ވެސް، އޯޑަރަށުގައި ބޯއެއްޗަކަށް ހިމަނާނީ ކޮން އެއްޗެއް ތޯ އޭ.އައި. އިން ތަކުރާރުކޮށް ސުވާލުކުރަމުން ދެއެވެ. މިވީޑިޔޯއަށް އިންސްޓަގްރާމް ގައި 21.5 މިލިޔަން ވިޔޫޒް ލިބިފައިވެއެވެ. 

ޓާކޯ ބެލް ގެ ޗީފް ޑިޖިޓަލް އެންޑް ޓެކް އޮފިސަރ ޑޭން މެތިޔުސް ބުނުއްވި ގޮތުގައި، އޭ.އައި. ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު ދަތިތަކާ ކުރިމަތިވެއެވެ. އޭ.އައި. ބޭނުންކުރަންވީ ދަނޑިވަޅުތައް ކަނޑައަޅައި، ޑްރައިވްތްރޫތަކުގައި އޭ.އައި. ބޭނުންނުކުރުމާ މެދު ޓާކޯ ބެލް އިން ވިސްނަމުންދާ ކަމަށް މެތިޔުސް ވަނީ ހާމަކުރައްވާފައެވެ. ޚާއްޞަގޮތެއްގައި އިންސާނުން ބޭނުންކުރުން މުހިންމު ޙާލަތްތައް ވާ ކަމަށް ވެސް މެތިޔުސް ފާހަގަކުރެއްވިއެވެ. 

މިއީ ކާބޯތަކެތީގެ ދާއިރާގައި އޭ.އައި. ގެ ސަބަބުން މައްސަލަ ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިގޮތުން، މެކްދޯނަލްޑްސް ގައި ވެސް އޭ.އައި. ގެ ސަބަބުން އުނދަގޫ ތަކެއް ކުރިމަތިވެ، އެރެސްޓޯރެންޓުގެ ޑްރައިވްތްރޫތަކުން މިދިޔަ އަހަރު ވަނީ އޭ.އައި. މެޝިނުތައް އުވާލައިފައެވެ. މެކްޑޮނަލްޑްސް އިން އެނިންމުން ނިންމީ، ކަސްޓަމަރެއްގެ އައިސް ކްރީމަށް އޭ.އައި. އިން މަސް އަޅާފައި، އެހެން ކަސްޓަމަރެއްގެ ބިލަށް އެތައް ސަތޭކަ ޑޮލަރުގެ ކުކުޅުމަސް އޭ.އައި. އިން އޮޅިގެން އިތުރުކުރުމާ ގުޅިގެންނެވެ.

ޓާކޯ ބެލް ގެ އޭ.އައި. އަށް ބައެއް ފަހަރު އޮޅުން އަރާ ގޮތް ވިޔަސް، 2023 ވަނަ އަހަރު އެރެސްޓޯރެންޓުގައި އޭ.އައި. ޤާއިމުކުރީއްސުރެ މިހާތަނަށް 2 މިލިޔަނެއްހައި އޯޑަރު ކުށެއްނެތި ނަގާފައިވާކަމަށް ޓާކޯ ބެލް އިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން