ކުޅިވަރު

އައިޓީއެފް ޖޭ30: ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އާރާގެ ޕެއާރއަށް

އައިޓީއެފް ޖޭ30: ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އާރާގެ ޕެއާރއަށް

ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދި އާރާ، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޯގަސްޓު 2025، 03:26

30 އޯގަސްޓު 2025، 03:26

ރާއްޖޭގައި މިހާރު ކުރިޔަށްދާ "އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ޓެނިސް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސަލް އާޒިމްގެ ޕެއާރއިން ހޯދައިފިއެވެ. މި އިވެންޓުގައި އާރާގެ ބައިވެރިއަކީ ތައިލެންޑްުގެ ޓަރީޓާ ހޮންގްޔޮންގުއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބައިނަލްއަޤުވާމީ މުބާރާތުގެ ދެވަނަ ހަފްތާގެ ޑަބަލްސް އިވެންޓުގެ ފައިނަލްގައި އަނެއްކޮޅުން ނިކުތީ ކޮރެއާގެ ސެއުންޔަން އާއި ޗައިނާގެ ޔިޝަން ޒޫއެވެ. 

މި މެޗުގެ ސެޓުތައް އާރާ އާއި ޓަރީޓާ ކާމިޔާބުކުރީ 6-1، އަދި 6-3 ންނެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލަށް އާރާގެ ޕެއާރ ދަތުރުކުރީ ފްރާންސްގެ ދެ ކުޅުންތެރިންނާއި ވާދަކޮށް ސީދާ ދެ ސެޓުން ސެމީ ފައިނަލް ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުން ފުރަތަމަ ހަފްތާގައި ވެސް ޗެމްޕިއަންކަން ހޯދީ އާރާ އާއި ޓަރީޓާއެވެ. އެ ފަހަރު އާރާގެ ޕެއަރ ނިކުތީ، މި ހަފްތާގެ ފައިނަލްގައި ވެސް އިދިކޮޅަށް ކުޅުނު ކޮރެއާގެ ޗޯ އައީ ޗައިނާގެ ޒޫއާ ދެކޮޅަށެވެ.

އާރާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި ބޭއްވި އޭޓީއެފް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އަދި އައިޓީއެފް ޖޭ30އަށް ތައްޔާރުވުމަށް ތައިލޭންޑްގައި ވެސް އާރާ ވަނީ ފަރިތަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން