Ads by Stelco

ޚަބަރު

އެމްޔޫ މަނިކުގެ ފަހު އުންމީދާއި އެއްގޮތަށް މިސްކިތެއް ބިނާކުރުމަށް ހުޅުމާލެއިން ބިމެއް ދީފި

އެމްޔޫ މަނިކުގެ ފަހު އުންމީދާއި އެއްގޮތަށް މިސްކިތެއް ބިނާކުރުމަށް ހުޅުމާލެއިން ބިމެއް ދީފި

އަލްމަރްޙޫމް މުޙައްމަދު ޢުމަރު މަނިކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2025، 06:36

30 އޯގަސްޓު 2025، 06:36

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އެންމެ ފަހު އުންމީދު ކަމުގައިވާ މިސްކިތެއް ބިނާކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިދީފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، އެމްޔޫ މަނިކަކީ ދީނީ، އިޖްތިމާޢީ އަދި ތަޢުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވި ބޭފުޅެކެވެ. އަދި މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެމަނިކުފާނު އަވަހާރަވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް އެވުޒާރާ އަށް ފޮނުއްވާފައިވޭ. އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފެށިގެން އައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅެކެވެ. މީގެ އިތުރުން މަޓީގެ ކޯ ފައުންޑަރެއްގެ ހައިސިއްޔަތުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެމަނިކުފާނަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައެވެ.

އެމްޔޫ މަނިކު އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ރޭ ފަތިހުއެވެ. އެމަނިކުފާނުގެ ފަހު އުންމީދާ އެއްގޮތަށް ހުޅުމާލޭގައި މިސްކިތެއް އެޅުމަށް ބިން ހަމަޖެހިފައިވާކަންް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން