ޚަބަރު
ބ. އަތޮޅު ރިޒޯޓެއްގައި ހަފްތާއެއް ކުރިން މަރުވި ޒުވާނެއްގެ އޮޓޮޕްސީ ހަދަން ނިންމައިފި

ނޮޓިލަސް ރިޒޯޓުގައި މަރުވެފާ ހުއްޓާ ފެނުނު އަދީލް އަހުމަދު---
ބ. އަތޮޅު ނޮޓިލަސް ރިޒޯޓުގައި މީގެ ހަފްތާއެއް ކުރިން ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޒުވާނެއްގެ އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމައިފިއެވެ.
މި މަހުގެ 22ވަނަ ދުވަހު ހިނގި މި ހާދިސާގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދުއެވެ. އޭނާ މަރުވެފައި ހުރީ ލޯންޗެއްގައެވެ.
އޭނާގެ އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމީ ޝައްކު އުފެދޭ ކަންކަން ހުރުމުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އަދީލްގެ އާއިލާގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަން އާއިލާއަށް އެންގީ އިއްޔެއެވެ.
އެގޮތުން އޭނާގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު 2ވަނަ ދުވަހެވެ. އަދި އޭނާގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު އަނބުރާ ރާއްޖެ ގެނައުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 7ވަނަ ދުވަހެވެ.