ދުނިޔެ

އިސްރާއީލުގެ ހަމަލާއެއްގައި ޔަމަނުގެ ބޮޑުވަޒީރާއި އެހެން ގިނަ ވަޒީރުންތަކެއް ޝަޙީދުވެއްޖެ

އިސްރާއީލުގެ ހަމަލާއެއްގައި ޔަމަނުގެ ބޮޑުވަޒީރާއި އެހެން ގިނަ ވަޒީރުންތަކެއް ޝަޙީދުވެއްޖެ

އިސްރާއީލުން ޔަމަނުގެ ސަނާއަށް ދިން ހަމަލާ، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޯގަސްޓު 2025، 09:37

30 އޯގަސްޓު 2025، 09:37

އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ހަމަލާއެއްގައި އެ ޤައުމުގެ ބޮޑުވަޒީރާއި އެހެން ގިނަ ވަޒީރުންތަކެއް ޝަޙީދުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިން މި ހަމަލާގައި ބޮޑުވަޒީރު އަޙުމަދު އަލް-ރަހާވީ އާއި އެހެން ވަޒީރުންތަކެއް ޝަހީދުވިކަން ހޫތީން ވަނީ މިއަދު ޔަޤީންކޮށްދީފައެވެ. 

މި ހާދިސާއާ ގުޅިގެން ހޫތީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން މި ހަމަލާދިނީ މަސައްކަތު ބައްދަލުވުމެއް ހިނގަމުންދިޔަ ވަގުތެއްގައި ކަމަށެވެ. އެ ބަޔާނުގައި މި ހަމަލާއާ ގުޅިގެން އިތުރަށް ޝަހީދުވި ވަޒީރުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނީ، ހޫތީންނަކީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށާއި، އަދި އެ ޤައުމުގެ ސިފައިންނަށް ހަމަލާ ދިނީ އެއީ ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާތީކަމަށެވެ. 

އިސްރާއީލުން އަންނަނީ މި ފަހަކުން އާދަކޮށް ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެއީ ރެޑް ސީ އާއި ގަލްފް އޮފް އެޑެންއިން އިސްރާއީލްގެ ބޯޓުތަކަކަށް ހޫތީން ހަމަލާ ދިނުމުގެ ފަހުންނެވެ. 

މަސްދަރުތައް ހާމަނުކޮށް އިސްރާއީލުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ސިފައިން ހަމަލާދިނީ ޔަމަނުގެ މުޅި ކެބިނެޓު މަސައްކަތު ބައްދަލުވުމުގައި ތިއްބެވި ވަގުތެއްގައެވެ. އެހެންކަމުން އެ ހަމަލާގައި މުޅި ކެބިނެޓު ޝަހީދުވެފައިވާކަމަށް ވަނީ އެ ނޫހުގައި ރިޕޯޓުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން