ކުޅިވަރު

އިތުރު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކުރުމުން ޔުނައިޓެޑު ސަލާމަތްވެއްޖެ

އިތުރު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކުރުމުން ޔުނައިޓެޑު ސަލާމަތްވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑުގެ ބްރޫނޯ އާއި އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ބޯޅަ ހޯދަން މަސައްކަތްކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޯގަސްޓު 2025، 11:32

30 އޯގަސްޓު 2025، 11:32

އިންގްލިޝް ޕްރިމިއަރ ލީގުގައި ބާރންލޭއާ ބައްދަލުކުރި މެޗުގައި އިތުރު ވަގުތު ލިބުނު ޕެނަލްޓީއާއެކު މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ލީގު މެޗެއް ކާމިޔާބުކޮށްފިއެވެ. 

އެ ޕެނަލްޓީ ކާމިޔާބުކުރުމާ ހަމައަށް ބެލެވުނީ، ޔުނައިޓެޑުގެ ގޯލްކީޕަރުގެ ފުށުން ފެނުނު އިތުރު މިސްޓޭކުތަކާ ގުޅިގެން އެ ޓީމަށް މި މެޗުގެ 3 ޕޮއިންޓު ވެސް ނުހޯދޭނެ ކަމަށެވެ. ނަމަވެސް އަމަދު ޑިއާލޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ، ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކުރުމާއެކު، މި ސީޒަނުގައި އޯލްޑު ޓްރޭފާރޑްގައި އެ ޓީމުން މި ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ.

ޑިއާލޯއަށް ކުރި ފައުލަކީ ޕެނަލްޓީ ދޭންޖެހޭ ވަރުގެ ފައުލެއްކަމަށް ނުބަލައި، ރެފްރީ ވަނީ ޕެނަލްޓީ ދޭންޖެހޭނެ ކަމެއް ނުހިނގާކަމަށް އަމަލުންދައްކާފައެވެ.

ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެދިލުމަށް ރީޕްލޭ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ފައުލެއްކަމަށް ނިންމާފައެވެ. ރެފްރީގެ އެ ނިންމުމާއެކު ޕެނަލްޓީ ޖެހުމަށް ނިކުތީ މީގެ ހަ ދުވަސް ކުރިން ފުލަމްއާ ބައްދަލުކުރި މެޗުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ބްރޫނޯއެވެ. 

ޔުނައިޓު މިހާތަނަށް ލީގުގައި ކުޅުނު 3 މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އާސެނަލްއިން ބަނީ އެ ޓީމު ބަލިކޮށްފައެވެ. އޭގެ ފަހުން ފުލަމްއާ ކުޅުނު މެޗުގައި ޕެނަލްޓީ ކާމިޔާބު ނުކުރެވުނުއިރު، މިހާރު އެ ޓީމަށް ލީގުގައި ޖުމްލަ ލިބިފައިވަނީ 7 ޕޮއިންޓެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން