ކުޅިވަރު / ޚަބަރު
ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ނިންމުމުގެ ރަސްމިޔާއްތު، ފޮޓޯ: ޕީއެސްއެމް

ފަރުދުން
30 އޯގަސްޓު 2025، 11:46
30 އޯގަސްޓު 2025، 11:46
63ވަނަ ޤައުމީ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހަވީރު ކުރިޔަށް ދިޔަ ފޯރިގަދަ މެޗުތައް ވެސް އެ ކަމަނާ ވަނީ ބައްލަވާލައްފައެވެ.
މި ރަސްމިއްޔާތުގައި މި މުބާރާތުގެ، 1 ވަނަ ޑިވިޜަންގެ އަންހެން އަދި ފިރިހެން ސިންގަލްސް، 1 ވަނަ ޑިވިޜަންގެ އަންހެން އަދި ފިރިހެން ޑަބަލްސް، އަދި 1 ވަނަ ޑިވިޜަންގެ މިކްސް ޑަބަލްސް އަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މީގެ އިތުރުންވެސް މި މުބާރާތުގެ 1 ވަނަ ޑިވިޜަންގެ އަންހެން ޓީމް އިވެންޓަށާއި ފިރިހެން ޓީމް އިވެންޓަށް އިނާމް ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި މަހުގެ 25ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 95 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އެއީ 58 ފިރިހެން އަދި 37 އަންހެން ކުޅުންތެރިންނެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.