ކުޅިވަރު
ޤައުމީ ޓީޓީ މުބާރާތް ތިންވަނަ ފަހަރަށް ޝައްފާން ކާމިޔާބުކޮށްފި

ޝައްފާންއާ ސިންގަލްސްގެ ޗެމްޕިއަން ޓްރޮފީ ހަވާލުކުރަނީ، ފޮޓޯ: ޕީއެސްއެމް
63ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފައިނަލުގައި ފަހަތުން އަރާ މޫސާ މުންސިފް ބަލިކުރުމަށްފަހު، މުޙައްމަދު ޝައްފާން ތިންވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ މި މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައިވާ މުންސިފްއެވެ. އެއީ 11-13 ގޭމުންނެވެ.
ނަމަވެސް ޝައްފާން ވަނީ ދެވަނަ ސެޓު 11-7 ގޭމުން ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓު ފަހު ވަގުތު އަނބުރާލުމަށްފަހު، ޝައްފާން މެޗުގެ ލީޑު ނެގީ 13-11 ގޭމުން އެ ސެޓު ކާމިޔާބުކުރުމަށްފަހުއެވެ.
އެއަށްފަހު ޝައްފާން ވަނީ މެޗުގެ 4ވަނަ ސެޓު ވެސް 11-8 ގޭމުން ކާމިޔާބުކޮށްފައެވެ.
މެޗުގެ ފަސްވަނަ ސެޓު ފެނިގެން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ދެ ކުޅުންތެރިން ލީޑު ނަގަމުން ގޮސް 16-16އިން އެއްވަރުވެފައި ވަނިކޮށް، ޖެހިޖެހިގެން ދެ ގޭމު ކާމިޔާބުކުރުމަށްފަހު ޝައްފާން އެ ސެޓު ގެންދިޔައީ 16-18އިންނެވެ.
އެ ސެޓުގެ ކާމިޔާބާއެކު 4-1އިން ޝައްފާން މެޗު ކާމިޔާބުކުރިއެވެ.
First Lady Madam Sajidha Mohamed attended the final matches and closing ceremony of the 60th National Table Tennis Championship 2025. pic.twitter.com/8Ry9xKEOI5
— Ministry of Sports, Fitness and Recreation (@MoSFR_mv) August 30, 2025
ސިންގަލްސް އިވެންޓުން ގޯލްޑް ލިބުނުއިރު، މިކްސް ޑަބަލްގައި ޝައްފާންގެ ޕެއާރއަށް ލިބުނީ ރިހި މެޑަލްއެވެ. މިކްސް ޑަބަލްގައި ޝައްފާންގެ ޕާރޓްނަރަކީ ފާތިމަތު ދީމާ އަލީއެވެ. އެ ޕެއާރ ބަލިކުރީ މުންސިފް އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާރއެވެ.