ޚަބަރު
ބައިނަލްއަޤްވާމީ ފެހުރިހީގެ ދުވަސް، މާލޭގައި ޚާއްޞަ ޢިލްމީ ޖަލްސާއެއް

ފެހުރިހި ޖެހި ފައިސާ ގަނޑެއް.

ފަރުދުން
31 އޯގަސްޓު 2025، 10:13
31 އޯގަސްޓު 2025، 10:13
އިއްޔެއަކީ އޯގަސްޓު މަހުގެ 30 ވަނަ ދުވަސް، ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވޭ ފެހުރިހީގެ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ ފެހުރިއްސާ މެދު ހޭލުންތެރިކުރުވުމާއި، އެސޮރުމެން ޙިމާޔަތްކުރުމަށް ބާރުއެޅުމެވެ. އެހެނީ، ފެހުރިއްސަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ނުވަތަ Endangered ބާވަތެއް ކަމުގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން.) އިން ވަނީ ކަނޑައަޅާފައެވެ.
ފެހުރިއްސަކީ ދިވެހި ކަނޑުތަކުގައި ވެސް އުޅޭ ދިރުމަކަށް ވުމުން، މިކަމަކީ ދިވެހި ތިމާވެށްޓާ ސީދާ ގުޅުން އޮތް ކަމެއް ކަން ޔަޤީނެވެ. ވީމާ، ފެހުރިއްސާ މެދު މަޝްވަރާކުރުމަށާއި ޢިލްމީ މަޢުލޫމާތު ފޯރުކޮށްދިނުމަށް، މިފެށޭ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "Whale Sharks in Focus: Icons of Marine Conservation" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިވާހަކަދެއްކުން ކުރިއަށް ދާނީ މާލޭ ސީ.އެޗް.އެސް.އީ. މާލަމުގައި ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފައެވެ. ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހައި ފަރާތްތަކަށް ހުޅުވާލެވިފައިވާ އިރު، ބައިވާން އެދޭ ފަރާތްތަކުން ތިރީގައި ވާ ކިޔު.އާރް. ކޯޑު ސްކޭން ކޮށް ރެޖިސަޓަރ ވާން ވާނެއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއާއި މޯލްޑިިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ގުޅިގެން ބާއްވާ މިޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު 2 ވަނަ ދުވަހު 4:00 އިން 5:00 އަށެވެ.
To mark International Whale Shark Day, this public lecture invites us to reflect on the wonder of the world's largest fish and the importance of conserving these gentle giants. The event will offer insights, inspiration, and an opportunity to deepen our appreciation of these… pic.twitter.com/t3UE7xMMpk
— Ministry of Tourism and Environment (@MoTmv) August 31, 2025