Ads by Stelco

ޚަބަރު

ބަނގުރަލުގެ މައްސަލައެއްގައި މާލެއިން ތިން ބިދޭސީން ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލައެއްގައި މާލެއިން ތިން ބިދޭސީން ހައްޔަރުކޮށްފި

މާލެއިން ހައްޔަރުކޮށްފައިވާ މީހުން.

farudhun logo

ފަރުދުން

31 އޯގަސްޓު 2025، 10:21

31 އޯގަސްޓު 2025، 10:21

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ތިން ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. 

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އޯގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ހެންވޭރު ގެއަކާއި ސައިކަލެއް ބަލައިފާސްކުރިއިރު، 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ތިން ބިދޭސީންނެވެ. އެއީ ސެނިތް ހެޝަން ވިކްރަމަސިންހަ (29 އ) އާއި، ދުލިތު މަޑުސާކާ (39 އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24 އ) އެވެ. މި ތިން މީހުން ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ޙަވާލުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން