Ads by Stelco

ޚަބަރު

ކިރިގިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ކިރިގިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ކިރިގިސްތާންގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

31 އޯގަސްޓު 2025، 04:31

31 އޯގަސްޓު 2025، 04:31

ކިރިގިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ކިރިގިސްތާންގެ ޚާރިޖީ ވަޒީރު ޒީންބެކް ކުލުބައޭވް އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ކިރިގިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ކިރިގިސްތާން އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން އޮންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، ކިރިގިސްތާންގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްހަތާއި ކިރިގިސްތާން ގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކިރިގިސްތާންގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން