ޚަބަރު
ކެލާ ބޯޓެއް ކުޅުދުއްފުށީ ފަރަށް އަރައިފި

ކެލާ ޑީއެމްއެލް އެކްސްޕްރެސް ކުޅުދުއްފުށީ ފަރަށް އަރާފައި، ފޮޓޯ: ފޭސްބުކް / ހަމީ ހަމިއްޓޭ

ފަރުދުން
31 އޯގަސްޓު 2025، 11:33
31 އޯގަސްޓު 2025، 11:33
ހއ. ކެލާ ބޯޓެއް ހދ. ކުޅުދުއްފުށީ ފަރަށް އަރައިފިއެވެ.
ކެލާ އާއި މާލެއާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ ޑީއެމްއެލް އެކްސްޕްރެސް ކުޅުދުއްފުށީ ފަރަށް އެރީ، އެ ރަށުން އިންޖީނު ހަދައިގެން ފަޅުން ނިކުންނަން އުޅުމުގެ ތެރޭގައި އިންޖީނު ހުއްޓިގެންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުން ތިއްބެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ބޯޓު ފަރަށް އަރާފައި އޮތީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ފުންކުރުމަށް އެމްއެންޑީއެފާއި ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންނަނީ އެހީތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ބޯޓަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފެއް ނުވެއެވެ.