ކުޅިވަރު

ތައިލެންޑުގައި ކުރިޔަށް ދިޔަ ބޮޑީ ބިލްޑިން މުބާރާތުން ލޯ މެޑަލް ހޯދި ޓީމަށް މަރުހަބާ ކިޔައިފި

ތައިލެންޑުގައި ކުރިޔަށް ދިޔަ ބޮޑީ ބިލްޑިން މުބާރާތުން ލޯ މެޑަލް ހޯދި ޓީމަށް މަރުހަބާ ކިޔައިފި

ތައިލެންޑުގައި ކުރިޔަށް ދިޔަ ބޮޑީ ބިލްޑިން މުބާރާތުން ލޯ މެޑަލް ހޯދި ޓީމަށް މަރުހަބާ ކިޔުން، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ސެޕްޓެމްބަރު 2025، 08:16

01 ސެޕްޓެމްބަރު 2025، 08:16

ތައިލެންޑުގައި ކުރިޔަށް ދިޔަ ބޮޑީ ބިލްޑިން މުބާރާތުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީމު މާލެ އައުމުން އެ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ކިޔައިފިއެވެ.

57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގައި ވާދަކުރި ރާއްޖޭގެ ބޮޑީ ބިލްޑިން ޓީމަށް މަރުހަބާ ދެންނެވުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިން ވަނީ އެއާރޕޯޓަށް ވަޑައިގެންފައެވެ.

އޮގަސްޓް މަހުގެ 18 އިން 25 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ މި މުބާރާތުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނީ، ޓީމާ ދާދި ފަހުން ގުޅުނު މަނާފް ވަހީދެވެ. އޭނާ ވާދަކޮށްފައި ވަނީ ފިރިހެނުންގެ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރު ބައިގައެވެ. 

މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައި ވަނީ މަނާފްގެ އިތުރުން އަލީ މަބްރޫކް ލަތީފާއި، އިސްމާޢީލް ޝުޢާއު ޢަބްދުﷲ އަދި އަޙްމަދު ނަޢީމްއެވެ.



މުބާރާތާއި ގުޅޭ ގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މަނާފް ބުނީ، މުބާރާތަށް ތައްޔާރުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި، ކާމިޔާބީގައި އެންމެ ޙިއްސާ ބޮޑީ ޓީމުގެ ކޯޗު ޢަބްދުލް ހަސީބު ހުސައިންގެ ކަމަށެވެ.

މި މުބާރާތާއި މަނާފް ކުރިމަތިލީ ގާތްގަނޑަކަށް ދޮޅު މަސްދުވަހުގެ ތަމްރީނުތަކަށްފަހުއެވެ. އޭނާ ބުނީ މުބާރާތާއި ކުރިމަތިލިއިރު، ކޮންމެވެސް ވަރަކަށް ހާސްކަން ކުރިމަތިވިކަމަށެވެ. އެހެންނަމަވެސް ކޯޗުގެ އިރުޝާދާއި ހިތްވަރާއެކު މުބާރާތުގައި ވާދަކޮށް ނެރެވުނު ނަތީޖާއާއި މެދު ފަޚުރުވެރިވާކަމަށް އޭނާ ބުންޏެވެ.

57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އިން މަނާފް ލޯ މެޑެލް ހާސިލުކޮށްފަވަނީ 18 އެތުލީޓުންނާ ވާދަކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން