Ads by Stelco

ޚަބަރު

ފުލުހުންގެ ޚިދުމަތަށް 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

ފުލުހުންގެ ޚިދުމަތަށް 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ޖަލްސާގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ސެޕްޓެމްބަރު 2025، 03:43

01 ސެޕްޓެމްބަރު 2025، 03:43

ދިވެހި ފުލުހުންގެ ޚިދުމަތަށް 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އެގޮތުން، މިއަދު ހެނދުނު ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފައެވެ.

މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. މި ޖަލްސާގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، ފުލުހުންނާއި، ޢާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ޚާއްޞަ ޖަލްސާގައި ވަނީ، ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތުގައި 35 އަހަރު، 30 އަަހަރު، 25 އަހަރު އަދި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވެއެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.

ފުލުހުންގެ ޚިދުމަތު ދުވަހަކީ، 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށި ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން