ދީން / ޚަބަރު

މެލޭޝިޔާގައި ކުރިއަށްދާ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ހުޅުވާލައިފި

މެލޭޝިޔާގައި ކުރިއަށްދާ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ހުޅުވާލައިފި

އިމާމުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ސެޕްޓެމްބަރު 2025، 03:45

01 ސެޕްޓެމްބަރު 2025، 03:45

މެލޭޝިޔާގައި ކުރިއަށްދާ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ހުޅުވާލައިފި އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަހުގެ 8 އިން 19 އަށް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ކޯހުގައި ޖުމްލަ 10 ފަރާތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކީ އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުމާއި، ވުޒާރާއިން ޚިޔާރުކޮށްފައިވާ ފަރާތެއްކަމުގައި ވުމާއި، އިމާމުކަމުގެ ތަޖުރިބާހުރި ފަރާތަކަށް ވުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޓިކެޓު ޚަރަދު ކުރުމަށް ހަމަޖެހިފައިވާ އަމިއްލައަށްކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، 2024 ވަނަ އަހަރުވެސް އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުޞަތު ހޯދައިދިނުމަށް މެލޭޝިއާގައި ވަނީ މިފަދަ ކޯހެއް ބާއްވާފައެވެ.

މި ލިޔުން ކިޔާލުމުން