ދުނިޔެ

އިންޑޮނޭޝިޔާ މަޖިލިސް ޢިމާރާތުގައި ހުޅުޖަހައި، 3 މީހުން މަރު

އިންޑޮނޭޝިޔާ މަޖިލިސް ޢިމާރާތުގައި ހުޅުޖަހައި، 3 މީހުން މަރު

މުޒާހަރާ ކުރި ސަރަޙައްދު.

farudhun logo

ފަރުދުން

01 ސެޕްޓެމްބަރު 2025، 03:46

01 ސެޕްޓެމްބަރު 2025، 03:46

އިންޑޮނޭޝިޔާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ އެއް ގައި، ސަރަޙައްދީ މަޖިލިސް ޢިމާރާތެއްގައި ހުޅުޖެހުމުގެ ސަބަބުން 3 މީހަކު މަރުވެ، 5 މީހަކަށް ޒަޚަމުވެފައިވާ ކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. އިންޑޮނޭޝިޔާގެ ޢަންތަރާ ނިޔުސް އޭޖެންސީ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިކަމުގައި މަރުވި ފަރާތްތައް މަރުވީ، އަލިފާން ހިފައިފައި ހުރި ޢިމާރާތުގެ ތެރޭގައި ތާށި ވުމުގެ ސަބަބުންނެވެ. ޒަޚަމުވި 5 މީހުންގެ ތެރެއިން 2 މީހަކަށް އަނިޔާ ލިބިފައިވަނީ ޢިމާރާތުން ފުންމާލުމުގެ ސަބަބުން ކަމަށް ވެސް އެ އޭޖެންސީ އިން ބުނެފައިވެއެވެ.

އިންޑޮނޭޝިޔާގެ ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތައް ފެށިފަައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެއީ، މަޖިލިސް މެންބަރުންނަށް ސަރުކާރުން ދޭ ފައިސާ މަދުކުރުމަށް ގޮވާލައި ކުރަން ފެށި ވަކާލާތެކެވެ. މިމައްސަލަ ކެކި އަރައި، ކުންނަށް ވާޞިލުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އިންޑޮނޭޝިޔާ ފުލުސް އޮފިސަރެއްގެ ސައިކަލުން ޖެހި މުޒާހަރާ ކުރަމުން ދިޔަ ފަރާތެއް ނިޔާ ވުމާ ގުޅިގެންނެވެ. މިޙާދިޘާއާ ވިދިގެން، އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ މައްޔިތާގެ މައިންބަފައިންނާ ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވެފައެވެ. 

އިންޑޮނޭޝިޔާގެ ޖާކަރްޓާ ސަރަޙައްދުގައި ހިނގި މިމުޒާހަރާތަކުގެ ތެރެއިން، ދަތުރުފަތުރުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، ލޫޓުމާރުކުރުމުގެ ޢަމަލުތައް ހިންގާފައިވާ ކަމަށް އެޤައުމުގެ މީޑިޔާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ޖާކަރްޓާގެ ރޭލާއި ބަހުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނު ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

އިންޑޮނޭޝިޔާގައި ހަފުތާއެއް ހައި ދުވަހަށް ދިގުލައިގެން ދިޔަ މި މުޒާހަރާތަކުގެ ސަބަބަކީ ރައްޔިތުންނަށް އަނިޔާވެރިވެވޭ ފަދަ ގޮތަކަށް ނުޙައްޤުން މަޖިލިސް މެންބަރުންނަށް ސަރުކާރުން ގިނަ ޢަދަދެއްގެ ފައިސާ ދެމުން އަންނަ ކަމުގެ ތުހުމަތު ކުރެވުމެވެ. އިންޑޮނޭޝިޔާގެ ސަރުކާރުގެ ފަސާދަވެރިކަމާ އެޤައުމުގެ ގިނަ ބަޔަކު އަންނަނީ ދެކޮޅުވެރިވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން