ދުނިޔެ

އަފްޣާނިސްތާނަށް މިއަދު އައި ބިންހެލުންތަކުގެ އަސަރު އިތުރު 4 ޤައުމަކަށް ކޮށްފި

އަފްޣާނިސްތާނަށް މިއަދު އައި ބިންހެލުންތަކުގެ އަސަރު އިތުރު 4 ޤައުމަކަށް ކޮށްފި

އަފްޣާނިސްތާނަށް މިއަދު އައި ބިންހެލުންތަކުގެ އަސަރު/ފޮޓޯ: ބީބީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ސެޕްޓެމްބަރު 2025، 06:33

01 ސެޕްޓެމްބަރު 2025، 06:33

އަފްޣާނިސްތާނަށް މިއަދު އައި ބިންހެލުންތަކުގެ އަސަރު އިތުރު 4 ޤައުމަކަށް ކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ ބިންހެލުންތައް މޮނިޓާ ކުރާ އިދާރާއިން ބުނެފައިވާ ގޮތުގައި، ރޭ މެންދަމުން ފެށިގެން އަފްްޣާނިސްތާނަށް ޖުމްލަ 7 ބިންހެލުން ވަނީ އައިސްފައެވެ.

މި ބިންހެލުންތަކުގެ ތެރެއިން އެންމެ ބާރު ބިންހެލުމަކީ، 6.3 މެގްނިއުޓްގެ ބާރުމިނުގައި އައިސްފައިވާ ބިންހެލުމެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 160 ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ބިންހެލުންތަކާއި ސުނާމީ މޮނިޓާ ކުރާ އިދާރާއިން ބުނެފައިވާ ގޮތުގައި،  އެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 8 ކިލޯމީޓަރު އަޑިން 6.0 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

އަފްޣާނިސްތާނަށް އައިސްފައިވާ މި ބިންހެލުންތަކާއި ގުޅިގެން އިތުރު ގިނަ ގައުމުތަކަށް ވެސް މިކަމުގެ އަސަރުކޮށްފައިވާ ކަމަށް ބިންހެލުންތައް މޮނިޓަރކުރާ އިދާރާތަކުން ވަނީ ބުނެފައެވެ. އެގޮތުން، އަފްޣާނިސްތާނުގެ އިތުރުން އިންޑިއާ، ޕާކިސްތާން، ތަޖިކިސްތާނުގެ އަދި އުޒުބަކިސްތާނަށް ބިންހެލުމުގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް، ބިންހެލުމާއި ގުޅިގެން އެޤައުމުތަކަށް އެއްވެސް ގެއްލުމެއް ލިބުނުކަން ރިޕޯޓުކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނަށް އައި މި ބާރުގަދަ ބިންހެލުމާއި ގުޅިގެން 812 މީހުން މަރުވެ، 2700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން