ކުޅިވަރު

މަތިވެރި ލީގު: ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ

މަތިވެރި ލީގު: ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ

މަތިވެރި ލީގުގެ ފަހު ބުރުގެ މެޗުތައް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ސެޕްޓެމްބަރު 2025، 09:46

01 ސެޕްޓެމްބަރު 2025، 09:46

އިރުބެ މަތިވެރި ފުޓްސަލް ލީގުގައި އަލްސަންގެ ހެޓްރިކަކުން ސްޓެލްކޯ-މަތިވެރި ޓީމުން ލީގުގެ އެއްވަނަ ކަށަވަރުކުރިއިރު، އެކުއެޓިކް ބަލިކޮށް ސެމީގެ ފަހު ޖާގަ ބަބުލްޕޮއިންޓުން ހޯދައިފިއެވެ. 

ހުކުރު ދުވަހުގެރޭ ކުޅުނު ފަހު ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ-މަރިވެރި އާއި ސްޓެލްކޯ-ބޮޑުފޮޅުދޫއެވެ. އެ މެޗު 3-0 ކާމިޔާބުކޮށް ލީގުގެ އެއްވަނަ ކަށަވަރުކުރީ ސްޓެލްކޯ-މަތިވެރި ޓީމުންނެވެ.

ދެވަނަ މެޗުގައި އެސްޔޫ ކޯނަރ އާއި ފިއުޗަރ ޕްރޮމޯޝަން (އެފްޕީ) ބައްދަލުކުރި މެޗު 7-3އިން ކާމިޔާބުކުރީ އެފްޕީއެވެ. އެ މެޗުގައި އެފްޕީގެ އަމްލާދު ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން އެ ޓީމުގެ ގޯލުތައް ކާމިޔާބުކުރީ ފިޒާން، އަރުޝަން އަދި ވިޝާޙްއެވެ. އޭގެތެރެއިން އަރުޝަން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އެސްޔޫ ކޯނާރގެ ގޯލުތައް ކާމިޔާބުކުރީ ފުރުގާން، ނާއިލް އަދި ޝާޙިދުއެވެ.

އެ ބުރުގެ ފަހު މެޗުގައި ބަބްލްޕޮއިންޓުން ވަނީ 3-0އިން އެކުއެޓިކް ބަލިކޮށް، ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. ބަބްލްޕޮއިންޓުގެ ގޯލުތައް ކާމިޔާބުކުރީ ރައްޔާން، މާއިން އަދި ނައުފަލްއެވެ. 

މި ނަތީޖާތަކާއެކު ސެމީގައި ލީގު ބުރުގެ އެއްވަނަ ހޯދި ސްޓެލްކޯ-މަތިވެރި ޓީމުން ނިކުންނާނީ ބަބްލްޕޮއިންޓްއާ ދެކޮޅަށެވެ. އަދި ސްޓެލްކޯ-ބޮޑުފޮޅުދޫއިން ބައްދަލުކުރާނީ އެފްޕީއާއެވެ.

ސެމީގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅޭނީ ސެޕްޓެންބަރު 5ވަނަ ދުވަހެވެ. އަދި ދެވަނަ ބުރު ކުޅޭނީ ސެޕްޓެންބަރު 12ގައެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ސެމީފައިނަލްގެ ދެ ބުރުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

މަތިވެރި ލީގުގައި ކުޅުންތެރިން ބަދަލުވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެ ފުރުސަތު ހުޅުވާލާފައި ވަނީ 3 ސެޕްޓެންބަރުގެ 22:30އާ ހަމައަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން