Ads by Stelco

ޚަބަރު

ތިނަދޫ ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި

ތިނަދޫ ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި

ތިނަދޫ ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަނީ، ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 07:41

02 ސެޕްޓެމްބަރު 2025، 07:41

ގދ. ތިނަދޫ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، މި އަލިފާންގަނޑު ފެތުރެމުންދާކަމުގެ މަޢުލޫމާތު ލިބުނީ ރޭ ފަތިހު 04:50ގައެވެ. އެހެންކަމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާކަމުގައި ވަނީ ހާމަކޮށްފައެވެ.



ކުނިގޮނޑުތަކުގައި ރޯކުރާ އަލިފާންގަނޑު ކޮންޓްރޯލް ނުވުމަކީ ދޭތެރެދޭތެރެއިން ދިމާވާ ކަމެކެވެ. އެގޮތުން މިފަދަ ހާދިސާއެއް މިދިޔަ އެޕްރީލް މަހު އައްޑޫ ސިޓީ ހިތަދޫގައި ވެސް ވަނީ ހިނގާފައެވެ. 

މިފަދަ ހާލަތްތަކުގައި އަލިފާންގަނޑު ކޮންޓްރޯލް ނުވެގެން ގޮސް އާންމުންނަށް އޭގެ ގެއްލުން ލިބުމުގެ ކުރިން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން