Ads by Stelco

ޚަބަރު

ފުވައްމުލަކު ވައިގެބަނދަރު ވަޤުތީ ގޮތުން ބަންދު، ދަތުރުތައް މެދުކަނޑާލައިފި

ފުވައްމުލަކު ވައިގެބަނދަރު ވަޤުތީ ގޮތުން ބަންދު، ދަތުރުތައް މެދުކަނޑާލައިފި

ފުވައްމުލައް.

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 11:26

02 ސެޕްޓެމްބަރު 2025، 11:26

ފުވައްމުލަކު ވައިގެބަނދަރުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދެއްގެ ހޮޅިއެއް ފަޅައިގެން ދިޔުމާ ގުޅިގެން، އެބަނދަރު ވަޤުތީ ގޮތުން ބަންދުކޮށްފިއެވެ. މިކަމުގެ ސަބަބުން، މިއަދު ފުވައްމުލަކަށް ތާވަލުކުރެވިފައިވާ ދަތުރުތައް ވަނީ މެދުކަނޑާލަން ޖެހިފައެވެ.

ފުވައްމުލަކު ވައިގެބަނދަރުގައި ބޭނުންކުރާ އަލިފާން އުޅަނދަށް ގެއްލުން ވުމުގެ ސަބަބުން، އެބަނދަރުގެ "ފަޔަރ ކެޓަގަރީ" ވަނީ ސުމަކަށް ވެއްޓިފައެވެ. މާނައަކީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ޤަވާޢިދާއި ޤަވާނީނުގެ ދަށުން، އެ ވައިގެބަނދަރުގައި މިހާރު ޚިދުމަތް ދިނުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.

އައްޑު އަތޮޅާއި ހުވަދު އަތޮޅާ ދެމެދު އެކަހެރިކޮށް އޮންނަ ފުވައްމުލަކުގައި ހުންނަ ވައިގެބަނދަރަށް ދަތުރުފަތުރު ކުރާ ހަމައެކަނި އެއަރލައިނަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން އެވެ. މޯލްޑިވިއަން އިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގެބަނދަރު ބަންދުކުރަންޖެހުމާ ގުޅިގެން ފަސިންޖަރުންނަށް ދިމާވާ ދަތިތަކުގައި މޯލްޑިވިޔަން އިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވާ ތުރާލަށް އެއެއަރލައިން އިން ވަނީ މަޢާފަށް އެދިފައެވެ.

މިމައްސަލަ ޙައްލުކޮށް، ފުވައްމުލަކު ވައިގެބަނދަރުގެ ޚިދުމަތް އަލުން ފަށާނޭ ވަޤުތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުވައްމުލަކު ވައިގެބަނދަރުގެ ފަޔަރ ޑިޕަރޓްމެންޓް އިން މިކަން ވީހައި ވެސް އަވަހަށް ޙައްލު ކުރަން މަސައްކަތްކުރަމުން ދާނޭ ކަމުގައި ބެލެވެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން