Ads by Stelco

ޚަބަރު

ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރުމާމެދު ފުލުހުންގެ ފަރާތުން ހިރިޔާ ދަރިވަރުންނަށް ސެޝަނެއް ބާއްވައިފި

ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރުމާމެދު ފުލުހުންގެ ފަރާތުން ހިރިޔާ ދަރިވަރުންނަށް ސެޝަނެއް ބާއްވައިފި

ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރުމާމެދު ފުލުހުންގެ ފަރާތުން ހިރިޔާ ދަރިވަރުންނަށް ބޭއްވި ސެޝަން. ފޮޓޯ: ފުލުހުން.

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 11:26

02 ސެޕްޓެމްބަރު 2025، 11:26

ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރުމާ ގުޅޭ ގޮތުން ހިރިޔާ ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުންގެ ފަރާތުން ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ. މި ސެޝަން ކުރިއަަށް ގެންގޮސްފައިވަނީ މާފަންނު ޕޮލިސް ނެއިބަރހޫޑް ސަޕޯޓާއި، ކްރައިމް ޕްރިވެންޝަނާއި، ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން، މި ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުގައި (އިއްޔެ) އެވެ.

އިންޓަރނެޓުގެ ރައްކާތެރިކަމާ ބެހޭ މި ސެޝަނުގައި، ހިރިޔާ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ޖުމުލަ 294 ދަރިވަރުން ބައިވެރިވިއެވެ. ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި، އިންޓަރނެޓް މެދުވެރިކޮށް ހިންގޭ ނޭދެވޭ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް މިސެޝަނުގެ ތެރެއިން ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. ހަމައެހެންމެ، އިންޓަރނެޓް ބޭނުންކޮށްގެން ކުރެވޭނެ ރަނގަޅު ލާބަހުރި ކަންކަން ވެސް އޮޅުން ފިލުވައިދީފައިވެއެވެ.

ދިވެހި ފުލުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ސެޝަންގެ މައިގަނޑު މަޤުޞަދަކީ، ކުރިއަރަމުން އަންނަ އިންޓަރނެޓްގެ ދުނިޔޭގައި ދަރިވަރުންނަށް ރައްކާތެރިކަމާއެކު، ޒިންމާދާރު ގޮތެއްގައި އިންޓަރނެޓް ބޭނުން ކުރުމަށް ހޭލުންތެރިކުރުވުމެވެ. އަދި އިންޓަރނެޓާ ގުޅޭ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމާއި، ސައިބަރ ސޭފްޓީގެ މުހިންމުކަމާއި ޑިޖިޓަލް ރެސްޕޮންސިބިލިޓީގެ މައްޗަށް ދަރިވަރުންނަށް މަޢލޫމާތު ދިނުމެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން ދަރިވަރުން އޮންލައިން ނުރައްކާތަކުންނާއި ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެން ދެއެވެ.

ސްކޫލު ދަރިވަރުންނާއި ބެލެނިވެރީންނަށް މަޢލޫމާތު ދިނުމުގެ މިފަދަ ސެޝަންތައް މާލޭ ސަރަޙައްދާއި ރާއްޖެތެރޭ ރަށްރަށުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. މިކަމުގެ ސަބަބުން، ދަރިވަރުންނާއި ބެލެނިވެރީންގެ މެދުގައި އިންޓަރނެޓްގެ ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިތުރުވެ، ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް ބާރުއެޅިގެން ދާނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން