Ads by Farudhun

ޚަބަރު

2026 ވަނަ އަހަރުގެ ބަޖެޓުން މީޑިއާތަކަށް 28 މިލިއަން ރުފިޔާދީފި

2026 ވަނަ އަހަރުގެ ބަޖެޓުން މީޑިއާތަކަށް 28 މިލިއަން ރުފިޔާދީފި

ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ނޮވެމްބަރު 2026، 11:41

23 ނޮވެމްބަރު 2026، 11:41

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މީޑިއާތައް މާލީގޮތުން ބާރުވެރިކުރުވުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށައި، 2026 ވަނަ އަހަރުގެ ބަޖެޓުން މީޑިއާތަކަށް 28 މިލިއަން ރުފިޔާ ދީފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މި ސަރުކާރުގެ ފުރަތަމަ 156 ހަފްތާގައި ހާސިލްވި ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ފޮތުގައެވެ. އެ ފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މީޑިއާތައް ބާރުވެރިކުރުވުމަށް މީގެކުރިން ފަހިވެފައި ނުވާފަދަ ގިނަ ފުރުޞަތުތަކެއް އަދުގެ ސަރުކާރުން ވަނީ ތަނަވަސްކޮށްދީފައެވެ. 

އެގޮތުން، މީޑިއާތަކަށް ދައުލަތުންދޭ ޚިދުމަތްތަކާއި ރެގިއުލޭޓްކުރުމުގެ އެންމެހައި ކަންކަން ހިންގާނެ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ވަނީ އުފައްދަވާފައެވެ.

މީގެއިތުރުން، އަގުހެޔޮކޮށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރެވޭނެ އޮފީސް ޖާގަތަކާއެކު ރާއްޖޭގައި ބިނާކުރި ފުރަތަމަ "މީޑިއާ ވިލެޖު"ގައި މަސައްކަތް ކުރާނެ ޖާގަ ވަނީ ތައްޔާރުވެފައެވެ. މި މީޑިއާ ވިލެޖަކީ 38 މީޑިއާއަކަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއެކު މަސައްކަތްކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށާއި، ވަރަށް އަވަހަށް މީޑިއާތަކާ އެތަން ޙަވާލުކުރާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ކޮންމެ ވުޒާރާއެއްގައި ފުރަތަމަ ފަހަރަށް ފުލްޓައިމް މުވައްޒަފުންނާއެކު މީޑިއާ ޔުނިޓުތައް މި ސަރުކާރުން ވަނީ ޤާއިމުކޮށްފައެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން މަހުން މަހަށް ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވައި، އިންޓަވިއުތައް ދެއްވަމުން ގެންދަވާއިރު، މީސްމީޑިއާ މެދުވެރިކޮށް މަޢުލޫމާތު ފެތުރުމުގައި ވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ހަމައެއާއެކު، ދުނިޔޭގެ ތާރީޚުގައި ވެސް ރައީސަކު ދެއްވި އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ގޮތުގައި ފާހަގަކުރެވޭ ތާރީޚީ ބައްދަލުވުން ރައީސް ޑރ. މުޢިއްޒު ވަނީ 2025 މޭ 3 ގައި ބާއްވަވާފައެވެ. އެދުވަހުގެ ހެނދުނު 10:00 ގައި ފެއްޓެވި މި ލައިވް ބައްދަލުވުން، ނޫސްވެރިންގެ ހުރިހާ ސުވާލެއް ހުސްވަންދެން މެންދަމުން އަލިވެ 2:00 އާ ހަމައަށް ކުރިއަށްގެންދެވިއިރު، ނަމާދު ވަގުތުތަކަށް މެދުކަނޑާލެއްވުން ފިޔަވައި ހުރިހާ ވަގުތެއްގައިވެސް ރައީސް ޖަވާބުދެއްވުމުގައި ހޭދަކުރެއްވީ ތެދުވެވަޑައިގެން ހުންނަވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450