Ads by Stelco

ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 މިސްކިތެއް އެޅުމަށް ބިން ޙަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 މިސްކިތެއް އެޅުމަށް ބިން ޙަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 މިސްކިތެއް އެޅުމަށް ބިން ޙަވާލުކުރުން.

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 12:02

02 ސެޕްޓެމްބަރު 2025، 12:02

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރުމަށް ހަމަޖެހިފައިވާ 2 މިސްކިތެއް އެޅުމަށް މިއަދު ބިން ޙަވާލުކޮށްފިއެވެ. މިގޮތުން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗް.ޑީ.ސީ. ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ދެ މިސްކިތަކީ ވެސް 2000-3000 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ. މީގެ ތެރެއިން ލޮޓް ނަމްބަރު 22221 ގައި ބިނާކުރާ މިސްކިތުގެ ބިމުގެ ޙަޖްމަކީ 27920 ސްކޮއެއާ ފޫޓެވެ. އަދި ހުޅުމާލޭ ލޮޓް ނަމްބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބޮޑުމިނުގައި 20720 ސްކޮއެއާ ފޫޓު ހުރެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މާލެ ސަރަޙައްދާއި ރާއްޖެތެރޭގެ ގިނަ ރަށްތަކެއްގައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން