Ads by Stelco

ޚަބަރު

ވިއެޓްނާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ވިއެޓްނާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ވިއެޓްނާމްގެ ދިދަ/ފޮޓޯ: ޕޮންޑް5

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ސެޕްޓެމްބަރު 2025، 05:09

02 ސެޕްޓެމްބަރު 2025، 05:09

ވިއެޓްނާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ވިއެޓްނާމްގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ބުއި ތަންހް ސަންއަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ވިއެޓްނާމްގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެއާއި ވިއެޓްނާމްއާ ދެމެދު އޮންނަ އެކުވެރި ގުޅުމަކީ ދިވެހިރާއްޖެއިން އަގުވަޒަންކުރާ ގާތްގުޅުމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި ގާތް އެކުވެރި ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން އޮންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، ވިއެޓްނާމްގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި ވިއެޓްނާމްގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ވިއެޓްނާމްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން