Ads by Stelco

ޚަބަރު

އެސްއޯއީތަކަށް ސެކްރެޓަރީން އައްޔަނުކުރުމާ ބެހޭ އުޞޫލެއް އެކުލަވާލައިފި

އެސްއޯއީތަކަށް ސެކްރެޓަރީން އައްޔަނުކުރުމާ ބެހޭ އުޞޫލެއް އެކުލަވާލައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑްގެ އޮފީސް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2025، 06:00

02 ސެޕްޓެމްބަރު 2025، 06:00

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީން އައްޔަނުކުރުމާއި އެ މަޤާމުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުމާ ބެހޭ އުޞޫލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެކުލަވާލައި އާންމުކޮށްފައެވެ.

ޕީސީބީން މި އުޞޫލު އެކުލަވާލައިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންނަކީ އެ މަޤާމަށް އެކަށޭނަ ޤާބިލު ބަޔަކަށް ހެދުމަށާއި، މަޤާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށާއި، މަޤާމަށް މީހުން ނެގުމާއި ވަކިކުރުމުގެ އުޞޫލުތައް އެއް މިންގަނޑަކަށް ގެނައުމުގެ މަޤްޞަދުގައި ކަމަށް އެ ބޯޑުން ބުނެފައިވެއެވެ.

މި އުޞޫލުގެ ދަށުން ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ ސެކްރެޓަރީގެ މަޤާމެއް އުފައްދަންޖެހޭނެއެވެ. އަދި މި މަޤާމަށް މީހުން އައްޔަނުކުރަންވާނީ ކުންފުނީގެ ޤާނޫނާއި ހިންގާ ޤަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުންނެވެ.

އުޞޫލުގައިވާ ގޮތުން، ސެކްރެޓަރީކަމުގެ މަޤާމަށް އައްޔަނުކުރެވޭ ފަރާތްތަކުން މަޤާމާ ހަވާލުވާތާ 6 މަސްދުވަހުގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފަރުމާކޮށްފައިވާ ކުންފުނީގެ ސެކްރެޓަރީގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރަންޖެހެއެވެ. އަދި އަހަރަކު އެއްފަހަރު ސެކްރެޓަރީގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަންޖެހޭނެއެވެ.

ސެކްރެޓަރީންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނި ހިންގަނީ ޕީސީބީގެ އިތުރުން އެހެނިހެން ރެގިއުލޭޓަރީ އިދާރާތަކުގެ އުޞޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، އެކަންކަމާ ގުޅޭގޮތުން ބޯޑު މެންބަރުންނަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނިން ތަބާވާންޖެހޭ ރެގިއުލޭޓަރުންނާއި މޮނިޓަރިން އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެއްބާރުލުން ދިނުންވެސް ހިމެނެއެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން