Ads by Stelco

ޚަބަރު

ފުވައްމުލަކު އެއާރޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އައްޑޫ ސިޓީން ފަޔަރ ލޮރީއެއް ގެންދަނީ

ފުވައްމުލަކު އެއާރޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އައްޑޫ ސިޓީން ފަޔަރ ލޮރީއެއް ގެންދަނީ

ފުވައްމުލަކު އެއާޕޯޓް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ސެޕްޓެމްބަރު 2025، 07:29

02 ސެޕްޓެމްބަރު 2025، 07:29

ފުވައްމުލައް ސިޓީގެ އެއާރޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަކަށް އަނބުރާ ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔަރ ލޮރީއެއް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅިގެން، ޕީއެންސީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވީ، އައްޑޫ ސިޓީން ފަޔަރ ލޮރީއެއް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެމްބަރު އިބްރާހިމް ހުސެއިން އިތުރަށް ވިދާޅުވީ، މި ދަތި ދަނޑިވަޅުގައި ވެސް މުވައްޒަފުންނާއި ކަސްޓަމަރުން ކެތްތެރިކަމާއެކު ތިއްބެވި ކަމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މެމްބަރު ވަނީ ދެއްވާފައެވެ.

ފުވައްމުލައް ސިޓީގެ އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވަނީ، އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދެއްގެ ހޮޅިއެއް ފަޅައިގެން ދިޔުމާ ގުޅިގެން،ނެވެ. މިކަމުގެ ސަބަބުން، މިއަދު ފުވައްމުލަކަށް ތާވަލުކުރެވިފައިވާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން