ޚަބަރު
އެމްޕީއެލްއިން މިދިޔަ ހަފްތާގައި 1،359 ކޮންޓެއިނަރުގެ މުދާ ދޫކޮށްފި

ރާއްޖެއަށް މުދާ އެތެރެކުރާ ބޯޓެއް---
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިދިޔަ ހަފްތާގައި ޖުމްލަ 1،359 ކޮންޓެއިނަރުގެ މުދާ ދޫކޮށްފިއެވެ.
މީގެ ތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރާއި 40 ފޫޓުގެ 403 ކޮންޓެއިނަރު ހިމެނެއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ބިހާއި ފިޔާއެވެ. މިގޮތުން 14،540 ޕެކޭޖުގެ ބިހާއި 11،617 ޕެކޭޖުގެ ފިޔާ ކްލިއާކޮށްފައިވެއެވެ. އަދި 5،415 ޕެކޭޖުގެ ކަރާ އާއި 5،647 ޕެކޭޖުގެ އަލުވި އަދި 3،672 ޕެކޭޖުގެ ޓޮމާޓޯވެސް ވަނީ ކްލިއާކޮށްފައެވެ.
މީގެއިތުރުން، 1،819 ޕެކޭޖުގެ އަލަނާސި، 2،157 ޕެކޭޖުގެ ކެބެޖް، 2،087 ޕެކޭޖުގެ ދޮންކެޔޮ، 809 ޕެކޭޖުގެ ބަރަބޯ އަދި 539 ޕެކޭޖުގެ ސްވީޓް މެލަން ވެސް މިދިޔަ ހަފްތާގައި ވަނީ ކްލިއާކޮށްފައެވެ.
އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންތަކުގައި މިދިޔަ ހަފްތާގައި ތިން ކޮންޓެއިނާރ އުޅަނދާއި ތިން ޖެނެރަލް ކާގޯ އުޅަނދު ބޭނުންކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްޕީއެލްއިން ކޮންމެ ހަފްތާއަކުވެސް އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުން ގެންދެއެވެ. މިފަދަ ތަފާސްހިސާބުތައް އާންމުކުރުމަކީ ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި ރޭވުންތެރިކަމާއެކު ކުރިއަށް ދިއުމަށް ލިބޭ އެހީތެރިކަމެކެވެ.