ޚަބަރު
އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއްގެ ބޭހަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަވެ ސަމާލުވުމަށް އިލްތިމާސްކޮށްފި!
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ.
އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އިކްރޯ ބައޯލޮކިޖަލްސްގެ އުއްދާފައިވާ އިމުގްލޯގެ ބެޗްތަކެއްގައި ކޮލެޓީގެ މައްސަލަތަކެއް ފެނިފައިވާތީ، ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު އެލަރޓެއްގައި ބުނެފައިވަނީ، މި ބޭހުގެ ބެޗްތަކެއްގައި ކޮލެޓީ މައްސަލަތަކެއް ފެނިފައިވާތީ، ސްރީލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ، ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ އިންނާއި ދުނިޔޭގެ ޞިއްޚަތު ޖަމްއިއްޔާ (ޑަބްލިވްއެޗްއޯ) އިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
— MFDA (@MFDA_mv) October 27, 2024
އެހެން ނަމަވެސް އެ ކުންފުންޏަކީ އިމްޕޯޓް ކުރުމާއި ވިއްކުމުގެ ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ކުންފުންޏެއް ނޫން ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެެވެ.
އަދި ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބޭހުގެ އެއްވެސް ބެޗެއް، ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ކަށަވަރު ވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެބޭހަކާއި މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައިވާ ބޭސް.
ނަމަވެސް، އިންޑިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކަކީ، ގިނަ ޢަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ޤައުމުތަކަކަށް ވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް މި ޤައުމުތަކުން ބޭސް އިމްޕޯޓް ކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރޮޓީ އިން ވަނީ ބުނެފައެެވެ.